ރާއްޖޭގެ ޚަބަރު އިސްލާމިކް އޮންލައިން ޔުނިވާސިޓީގެ އިމްތިހާނު މިއަދު ފެށިއްޖެ

އިސްލާމިކް އޮންލައިން ޔުނިވާސިޓީގެ އިމްތިހާނު މިއަދު ފެށިއްޖެ

އިސްލާމިކް އޮންލައިން ޔުނިވާސިޓީގެ އިމްތިހާނު މިއަދު ފެށިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް އޮންލައިން ޔުނިވަރސިޓީ (އައީއޯޔޫ) ގެ މިއަހަރުގެ ދެވަނަ ސެމިސްޓާގެ އިމްތިޙާނުތައް މިއަދު ފެށިއްޖެ އެވެ.

ޖަމްޢިއްޔަތުއްސަލަފުން ބުނީ އެ ޖަމިއްޔާގެ އިދާރާގައި ކުރިޔަށްދާ މިއަހަރު އައީއޯޔޫގެ އިމްތިޙާނު ހެދުމަށް ޖަމްޢިއްޔަތުއްސަލަފުގެ އިމްތިޙާނު މަރުކަޒުގައި 10 ދަރިވަރަކު ރަޖިސްޓްރީ ކޮށްފައި ވާކަމަށެވެ.

އޭގެ ތެރޭގައި ބެޗިލަރސް އޮފް އިސްލާމިކް ސްޓަޑީސްގެ ތިންވަނަ އަހަރުގައި ކިޔަވަމުންދާ ދަރިވަރުންވެސް ހިމެނެއެވެ. އައީއޯޔޫގެ ކޯސްތައް ފުރިހަމަކުރަމުންދާ ދިވެހި ދަރިވަރުންގެ ތެރޭގައި ދެޖިންސުގެ އެކި އުމުރުފުރާތަކުގެ ބޭފުޅުން ހިމެނެއެވެ.

އައީއޯޔޫއަކީ ޑރ.ބިލާލް ފިލިޕްސްގެ މަސްއޫލުވެރިކަމުގެ ދަށުން މުޅިންހިލޭ ކިޔަވައި ދެމުން ގެންދާ އޮންލައިން ޔުނިވަރސިޓީއެކެވެ.

މިޔުނިވަރސިޓީ ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުތަކާބެހޭ މުއައްސަސާއިން ފާސްވެފައި ނެތްކަމުގައިވިޔަސް، އައީއޯޔޫގެ ކޯސްތައް ދުނިޔޭގެ ބައެއް ޔުނިވަރސިޓީތަކުން އެކްރިޑިޓްކޮށް ޤަބޫލުކުރެއެވެ.

އައީއޯޔޫއަކީ މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އެންމެނަށް ފުރުޞަތު ހުޅުވާލައިގެން ތަފާތު ފެންވަރުގެ ކޯސްތައް ހިންގާ ޔުނިވަރސިޓީއެކެވެ.

ބެޗިލަރސް ޑިގްރީ ކޯހުގެ އިތުރުން މާސްޓާރސް ފެންވަރުގެ ކޯސްވެސް އައިއޯޔޫ އިން ހިންގައެވެ.

ޖަމްޢިއްޔަތުއްސަލަފް އަކީ އައީއޯޔޫގެ އިމްތިހާނު ހަދާ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ރަސްމީކޮށް އެ ޔުނިވަރސިޓީއިން ހުއްދަލިބިފައިވާ ޖަމްޢިއްޔާއެކެވެ. ފާއިތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި 6 ފަހަރެއްގެމަތިން ޖަމްޢިއްޔަތުއް ސަލަފުންވަނީ އައީއޯޔޫގެ އިމްތިޙާނުތައް ރާައްޖޭގައި ބާއްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.