ރާއްޖޭގެ ޚަބަރު ޢަދާލަތުން ހުޅުވި ޣައްޒާފަންޑު 5.5 މިލިޔަން ރުފިޔާ އަށް އަރައިފި

ޢަދާލަތުން ހުޅުވި ޣައްޒާފަންޑު 5.5 މިލިޔަން ރުފިޔާ އަށް އަރައިފި

ޢަދާލަތުން ހުޅުވި ޣައްޒާފަންޑު 5.5 މިލިޔަން ރުފިޔާ އަށް އަރައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޢަދާލަތުޕާޓީން އިސްނަގައިގެން ހުޅުވި ޣައްޒާ ފަންޑު 5.5 މިލިޔަން ރުފިޔާ އަށް އަރައިފިއެވެ.

އެމެރިކާގެ އެހީތެރި ކަމާއި އެކު ޒަޔަނިސްޓު ޔަހޫދީން ހިންގި އަނިޔާވެރި ޤަޠުލު ޢާއްމާއި ވިދިގެން ގެދޮރު ގެއްލި ޙާލުގައި ޖެހުނު ފަލަސްޠީނުގެ ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީވުމުގެ ގޮތުން ޢަދާލަތު ޕާޓީން އިސް ނަގައިގެން ހުޅުވާފައިވާ “ޣައްޒާ ފަންޑް މޯލްޑިވްސް” އަށް އެންމެ ސަތާރަ ދުވަހުގެ ތެރޭގައި 5.5 މިލިޔަން ރުފިޔާ ލިބިފައިވާއިރު ޢީދު ދުވަހު އެކަނި ވެސް ޣައްޒާ ފަންޑަށް ވަނީ 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ.

ޣައްޒާ ފަންޑް މޯލްޑިވްސްއަށް މިހާތަނަށް ލިބިފައިވަނީ 5,198,205.85 ( ފަސް މިލިޔަން އެއްސަތޭކަ ނުވަދިހަ އަށްހާސް ދުއިސައްތަ ފަސް ރުފިޔާ އަށްޑިހަ ފަސް ލާރި ) އާއި ބޭރުފައިސާގެ ގޮތުގައި ލިބުނު 18,659.65 ( އަށާރަހާސް ހަސަތޭކަ ފަންސާސްނުވަ ޑޮލަރު ފަސްދޮޅަސް ފަސް ) ސެންޓެވެ. އެހެން ކަމުން މިހާތަނަށް ޣައްޒާ ފަންޑް މޯލްޑިވްގެ ނަމުގައި ޢަދާލަތު ޕާޓީން ހުޅުވި ފަންޑަށް ލިބުނު ޖުމްލަ ފައިސާގެ ޢަދަދު ވަނީ 5،484،937.65 ( ފަސްމިލިޔަން ހަތަރު ސަތޭކަ އަށްޑިހަ ހަތަރުހާސް ނުވަސަތޭކަ ތިރީސްހަތް ރުފިޔާ ފަސްދޮޅަސް ފަސްލާރި ) އަށް ވަނީ އަރާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހިންގާ މި ފަންޑުން ލިބޭ ފައިސާ ގާޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ގަތަރުގެ ރެޑްކްރެސެންޓް ޖަމިއްޔާ މެދުވެރިކޮށް ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.
ފަންޑު ފޮށި މާލޭގެ އެކި ހިސާބުތަކުގައިވެސް ބަހައްޓާފައިވާއިރު ހުޅުމާލެ އާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައިވެސް ވަނީ ފަންޑު ފޮށިތައް ބަހައްޓާފައެވެ.. މީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވެސް، ފަލަސްތީނަށް އެހީވުމަށް ފަންޑު ފޮށިތައް މިހާރު ވަނީ ބަހައްޓާފަ އެވެ.

މި ފަންޑަކީ އެއް މަސްދުވަހުގެ މުހުލަތަކަށް ޢަދާލަތު ޕާޓީން ކުރިޔަށް ގެންދާ ފަންޑެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.