ރާއްޖޭގެ ޚަބަރު ޢީދު ދުވަހު އެކަނިވެސް ޣާޒާ ފަންޑަށް 4 ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިފައިވޭ

ޢީދު ދުވަހު އެކަނިވެސް ޣާޒާ ފަންޑަށް 4 ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިފައިވޭ

ޢީދު ދުވަހު އެކަނިވެސް ޣާޒާ ފަންޑަށް 4 ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިފައިވޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢީދު ދުވަހު އެކަނިވެސް ޣާޒާ ފަންޑަށް 4 ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ޣާޒާ ފަންޑު މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

ޣާޒާ ފަންޑު މޯލްޑިވްސް އިން ހާމަކުރި ގޮތުގައި ފިތުރު ޢީދު ދުވަހު އެކަނިވެސް ފަންޑު ފޮށިތަކަށް 427,687.25 ރުފިޔާ އާއި 808 ޑޮލަރު ލިބިފައިވާކަމަށެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ހުޅުވާފައިވާ ޣައްޒާ ފަންޑު ފޮށިތައް ޢީދު ނަމާދު ކުރި ސަރަހައްދުގައި ބެހެއްޓިފައިވާނެ. އެފޮށިތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވޭ. މާލެ ފިޔަވާ ވެސް ވަރަށް ގިނަ ރައްތަކެއްގައި ޢީދު ނަމާދު ކުރި ސަރަހައްދުގައި ފޮށިތައް ބެހެއްޓިފައިވާނެ."ކަމަށް ޣާޒާ ފަންޑު މޯލްޑިވްސްގެ އޮފިޝަަލަކު ދިއިސްލާމްއަށް ހާމަކުރިއެވެ.

މިހާތަނަށް ފަންޑުގެ ޖުމްލަ އަކީ 3,333,318.00 ރުފިޔާ އަދި 10,882 ޑޮލަރު ކަމަށް ޣައްޒާ ފަންޑުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ހާމަކޮށްފައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހިންގާ މި ފަންޑުން ލިބޭ ފައިސާ ގާޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ގަތަރުގެ ރެޑްކްރެސެންޓް ޖަމިއްޔާ މެދުވެރިކޮށް ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.