މިއަހަރު ވެސް ޢީދު ނަމާދު މައިދާނުގައި ކުރާގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި ގޮތުގައި "މާލޭގައި މައިދާނުގައި ޢީދު ނަމާދު ކުރުން އޮންނާނީ މާފަންނު ދަނޑުގައި. މޫސުން ތަންދޭނަމަ އެތަނުގައި ކުރާނެ."ކަމަށެވެ. އަދި "ޢީދު ނަމާދު ކުރުން މާލޭގައި ހަމަޖެހިފައިވާ ބައެއް މިސްކިތްތަކުގައި ވެސް އޮންނާނެ"ކަމަށެވެ.
"ޢީދު ނަމާދު މައިދާނުގައި ކުރާނެ ކަން އިޢުލާން ކުރުން ލަސްވީ، އެދުވަހު މައިދާނުގައި ސައުންޑް ސިސްޓަމް ބެހެއްޓުނަ ހަމަ ނުޖެހިގެން"ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
މައިދާނުގައި ޢީދު ނަމާދު ކުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާފައި ވަނީ. 2012 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަހު އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...