ރާއްޖޭގެ ޚަބަރު އައިޖީއެމްއެޗްގައި ތިބި ބަލިމީހުންގެ އެހީތެރިންނަށް "މައިލް" އިން ރޯދަ ވިއްލުމެއް ދީފި

އައިޖީއެމްއެޗްގައި ތިބި ބަލިމީހުންގެ އެހީތެރިންނަށް "މައިލް" އިން ރޯދަ ވިއްލުމެއް ދީފި

އައިޖީއެމްއެޗްގައި ތިބި ބަލިމީހުންގެ އެހީތެރިންނަށް "މައިލް" އިން ރޯދަ ވިއްލުމެއް ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައިޖީއެމްއެޗްގައި ތިބި ބަލިމީހުންގެ އެހީތެރިންނަށް "މައިލް" އިން ރޯދަ ވިއްލުމެއް ދީފިއެވެ.

މައިލް (މޯލްޑިވްސް ޔޫތު ލީގް) އިން ހާމަކުރި ގޮތުގައި އިއްޔެ އެޖަމިއްޔާގެ ފަރާތުން އައިޖީއެމްއެޗްގައި ތިބި ބަލި މީހުންގެ އެހީތެރިންނަށް ރޯދަ ވިއްލުމެއް ދީފައިވާކަމަށެވެ. އަދި ބަލިމީހުންނަށް ހަދިޔާ ދީފައިވާކަމަށެވެ.

"އިއްޔެ މިޖަމިއްޔާއިން ވަނީ ވަރަށް ހާއްސަ ރޯދަ ވިއްލުމެއް ބާއްވާފައި. އައިޖީމްއެޗްގައި ތިބި ބަލިމީހުންގެ އެހީތެރިންނަށް ދިން ރޯދަ ވިއްލުމެއް މިއީ. ރޯދަ ވިއްލުން ބޭއްވީ އައިޖީއެމްގެ މުސްކުޅިންގެ ވާރޑްގައި. މިކަމަށް ވަރަށް ތަރުހީބު ލިބުނު. 50 ބޭފުޅުންނަށްވުރެ ގިނައިން މިރޯދަ ވިއްލުމުގައި ބައިވެރިވި. ކޮންމެވެސް ވަރަކަށް ބަލި މީހުންވެސް މިކަމުގައި ބައިވެރިވި." ކަމަށް މައިލްގެ އޮފިޝަލަކު ދިއިސްލާމްއަށް މައުލޫމާތު ދެއްވިއެވެ.

މައިލްއިން އިތުރަށް ހާމަކުރި ގޮތުގައި ރޯދަ ވިއްލުމުގެ އިތުރުން އިއްޔެ އެޖަމިއްޔާއިން ބަލިމީހުންނަށް ހަދިޔާ ބަހާފައިވާކަމަށާއި ނަރުހުންނަށްވެސް ހަދިޔާ ބަހާފައިވާކަމަށެވެ.

މޯލްޑިވްސް ޔޫތު ލީގުން އައިޖީއެމްއެޗް ގައި މީގެ ކުރިންވެސް ވަނީ ހަރަކާތްތަކެއް ހިންގާފައެވެ. ޖަމިއްޔާގެ ފަރާތުން ހޮސްޕިޓަލްއަށް ޒިޔާރަތްކޮށް ބަލިމީހުންނަށް ހަދިޔާ ދިނުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.