ރާއްޖޭގެ ޚަބަރު ސީޕްލޭނަކުން މީހުން ބޭލުމަށް ފުނަދޫ ރައްޔިތުން އެހީތެރިވެދީފި

ސީޕްލޭނަކުން މީހުން ބޭލުމަށް ފުނަދޫ ރައްޔިތުން އެހީތެރިވެދީފި

ސީޕްލޭނަކުން މީހުން ބޭލުމަށް ފުނަދޫ ރައްޔިތުން އެހީތެރިވެދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢީދު ބަންދާއި ދިމާކޮށް ޓީއެމްއޭ އިން އަތޮޅުތަކަށް ކުރަމުން އައި ތިންދުވަހުގެ ޚާއްޞަ ސީޕްލޭން ދަތުރު ތަކުގެ ތެރެއިން ސީޕްލޭނަކުން މީހުން ބޭލުމަށް ފުނަދޫ ރައްޔިތުން އެހީތެރިވެދީފި އެވެ.

އިއްޔެ ހަވީރު މާލެއިން ފުރައިގެން ށ ފުނަދުއަށް ދަތުރުކުރި ސީޕްލޭން ފުނަދުއަށް ޖެއްސިތާ އެތައް އިރެއް ވީއިރު ވެސް އެއިން ދަތުރުކުރި މީހުން ބޭލޭގޮތް ނުވުމުން އެވަގުތު އެ ސަރަހައްދަށް އެއްވެ ތިބި މީހުންވަނީ ބަނދަރުގެ ސިޑި އަކާއި ދިމާއަށް ފަހުން ބޯޓު ގެންގޮސްދީ މީހުން ބޭލުމުގައި އެހީތެރިވެދީފައެވެ.

މިކަން މިގޮތަށް ދިމާވީ ދިޔަވަރު ހިކި ވަގުތަކާއި ދިމާވުމާއި ބޯޓު ކައިރި ކުރުމުގައި ސިޑި އަކާއި ދިމާނުވާގޮތަށް ބޯޓު ކައިރި ކުރެވުމެވެ.

މި އަހަރުގެ އީދު ބަންދާ ދިމާކޮށް ޓްރާންސް މޯލްޑިވިއަން އެއާވޭސް، ޓީއެމްއޭއިން ރާއްޖޭގެ ހަތަރު ރަށަކަށް ބޭއްވި ސީ ޕްލޭންގެ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ވިދާޅުވެފައި ވާއިރު، ގިނަ ބަޔަކު ވަނީ ޢީދު ބަންދަށް ފުނަދުއަށް ވެސް ސީޕްލޭންގައި ދަތުރު ކޮށްފައެވެ.

ޓީއެމްއޭއިން ވިދާޅުވީ މި ދަތުރުތައް ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށާއި މި ދަތުުރުތައް ބޭއްވި ރަށްތަކުން އެނބުރި މާލެ އައުމަށް ދަތުރުތައް ބާއްވާނީ އަންނަ މަހުގެ އެއްވަނަ ދުވަހާއި ދެވަ ނަ ދުވަހު އަދި ތިން ވަނަ ދުވަހު ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.