ރާއްޖޭގެ ޚަބަރު ޒަކާތް ބެހުންވެސް އޮންނާނެ: ޖަމްޢިއްޔަތުއްސަލަފު

ޒަކާތް ބެހުންވެސް އޮންނާނެ: ޖަމްޢިއްޔަތުއްސަލަފު

ޒަކާތް ބެހުންވެސް އޮންނާނެ: ޖަމްޢިއްޔަތުއްސަލަފު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުވެސް ފިޠުރު ޒަކާތް ބަލައިގަންނަމުންދާކަމަށާއި ޒަކާތް ބެހުންވެސް އޮންނާނެ ކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކޮށްފިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުގައި ޒަކާތް ބަހަން ފަށާނީ ޢީދަށް ހަނދު ފެނުމުން ކަމަށާއި ޒަކާތް ޙައްޤުވާ މީހުން ޖަމްޢިއްޔަތުއްސަލަފުގެ އިދާރާއަށް އައުމުން އިންޝާﷲ ޒަކާތް ލިބިވަޑައިގަންނަވާނެކަމަށެވެ.

"ފިޠުރު ޒަކާތް ބަލައިގަތުމުގެ އިތުރުން ޒަކާތް ބެހުންވެސް އޮންނާނެ. ޒަކާތް ޙައްޤުވާ މީހުން ޖަމްޢިއްޔަތުއްސަލަފުގެ އިދާރާއަށް އައުމުން އިންޝާﷲ ޒަކާތް ލިބިވަޑައިގަންނަވާނެ. ޒަކާތް ބަހަން ފަށާނީ ޢީދަށް ހަނދު ފެނުމުން" ކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކުރެއެވެ.

ޖަމްޢިއްޔަތުއްސަލަފުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ ރަމަޟާން މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.