ރާއްޖޭގެ ޚަބަރު "ޣައްޒާ ފަންޑް މޯލްޑިވްސް" އަށް 2 މިލިޔަން ރުފިޔާ ލިބިއްޖެ

"ޣައްޒާ ފަންޑް މޯލްޑިވްސް" އަށް 2 މިލިޔަން ރުފިޔާ ލިބިއްޖެ

"ޣައްޒާ ފަންޑް މޯލްޑިވްސް" އަށް 2 މިލިޔަން ރުފިޔާ ލިބިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ޣައްޒާ ފަންޑް މޯލްޑިވްސް" އަށް 2 މިލިޔަން ރުފިޔާ ލިބިއްޖެއެވެ.

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ހުޅުވާފައިވާ "ޣައްޒާ ފަންޑް މޯލްޑިވްސް" އަށް 9 ދުވަހުގެ ތެރޭގައި 2 މިލިޔަން ރުފިޔާ ލިބިފައިވާއިރު އިއްޔެ ފަންޑަށް ވަނީ ރެކޯޑް އަދަދަކަށް ފައިސާ ލިބިފައެވެ. އިއްޔެ އެކަނި ވެސް ޣައްޒާ ފަންޑަށް ވަނީ 6 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ.

"އިއްޔެ ރެކޯޑް އަދަދަކަށް ޣައްޒާ ފަންޑް މޯލްޑިވްސްއަށް ފައިސާ ލިބިއްޖެ. އިއްޔެ ލިބިފައިވަނީ 642,049.49 ދިވެހި ރުފިޔާ އާއި 1805 ޑޮލަރު. މިހާތަނަށް ފަންޑުގެ ޖުމްލަ އަކީ 2,322,647.65 ރުފިޔާ އާއި 8,098 ޑޮލަރު" ޣައްޒާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ހާމަކޮށްފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހިންގާ މި ފަންޑުން ލިބޭ ފައިސާ ގާޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ގަތަރުގެ ރެޑްކްރެސެންޓް ޖަމިއްޔާ މެދުވެރިކޮށް ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.

ފަންޑު ފޮށި މިހާރު ބަހައްޓާފައި ހުންނަނީ ސުނާމީ ބިނާ ކައިރީ ގައި އާއި ޒުވާނުންގެ މަރުކަޒާއި އަގޯރާ ކަންމައްޗާއި ފުރުގާން މިސްކިތާއި ރެޑްވޭވްގެ ފިހާރަތަކުގައި އާއި އަދާލަތު ޕާޓީ އޮފީހުގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގަ އެވެ. އޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވެސް، ފަލަސްތީނަށް އެހީވުމަށް ފަންޑު ފޮށިތައް މިހާރު ވަނީ ބަހައްޓާފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.