ޣައްޒާ ފަންޑު ރަށްރަށުގައި ވެސް ބަހައްޓަން ހަމަޖެހިފައިވާ ކަމަށް ޣައްޒާ ފަންޑު މޯލްޑިވްސް އިން ބުނެފިއެވެ.
ޣައްޒާ ފަންޑު މޯލްޑިވްސް އިން ހާމަކުރި ގޮތުގައި ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ހުޅުވާފައިވާ ފަންޑު ރާއްޖޭގެ ކަންކޮޅުތަކަށް ފުޅާ ކުރުމުގެ ގޮތުން މިއަންނަ ހުކުރު ދުވަހުން ފެށިގެން 16 ރަށެއްގައި ފަންޑު ފޮށި ބެހެއްޓޭނެ ކަމަށެވެ.
ޣައްޒާ ފަންޑު މޯލްޑިވްސްއިން ވަނީ ފޮށިތައް ބަހައްޓާ ރަށްރަށްވެސް އާންމުކޮށްފައެވެ. އެރަށްތަކަކީ "ހއ. އުތީމް، ހދ މަކުނުދޫ، ހދ ވައިކަރަދޫ، ހދ. ކުޅުދުއްފުށި، ށ. މަރޮށި، ތ. ތިމަރަފުށި، ލ. ގަން، ރ. ކިނޮޅަސް، ޏ. ފުވައްމުލަށް، އައްޑޫ ސިޓީ އިން ހިތަދޫ، މަރަދޫ، ފޭދޫ، މަރަދޫ ފޭދޫ، މީދޫ، ހުޅުދޫ އަދި ދ. ކުޑަހުވަދޫ" ހިމެނެއެވެ.
"ވަރަށް ގިނަ ރަށްރަށުން ދަނީ އެދެމުން ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ހޯދުމުގެ ހަރަކާތް ހިންގަން. އެގޮތުން މިފަށަނީ ރަސްމީކޮށް 16 ރަށެއްގައި. އަދި އިތުރު ރަށްރަށުގައިވެސް ފަންޑު ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދަނީ." ފަންޑުގެ އޮފިޝަލަކު ދިއިސްލާމްއަށް ހާމަކުރިއެވެ.
ޣައްޒާ ފަންޑު މޯލްޑިވްސްއަށް އިއްޔެއާއި ހަމަ 1 މިލިއަށް 3 ލައްކަ އަށް ވުރެ ގިނަ ފައިސާ ލިބިފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...