ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްރާއިލާއެކު ވެވުނު ތިން އެއްބަސްވުމެއް ދިވެހި ސަރުކާރުން މިއަދު އުވާލިކަން އިއުލާން ކުރައްވައިފިއެވެ.
ދިވެހި ސަރުކާރުން މިއެއްބަސްވުންތައް އުވާލިކަން ހާމަކުރެއްވި މިއަދު ފޮރިންމިނިސްޓްރީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިންމިނިސްޓަރ ދުންޔާ މައުމޫނެވެ. މި ތިންއެއްބަސްވުމަކީ 2009 އަހަރު ދިވެހި ސަރުކާރާއި އިސްރާއިލާއި ދެމެދު ވެވުނު އެއްބަސްވުންތަކެކެވެ.
މިއެއްބަސްވުންތަކާއި ގުޅިގެން އެއްވެސްކަހަލަ އަމަލި މަސައްކަތްތަކެއް ކުރެވިފައިވޭތޯ ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ދުންޔާ ވިދާޅުވެފައިވަނީ، އިސްރާއިލުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ގެނެސް އައިކޭމްޕް ތަކެއް ބޭއްވުން ފިޔަވައި މާބޮޑު ކަމެއް ކުރެވިފައި ނުވާކަމަށެވެ.
2009 އަހަރު އެއިރުގެ އެމްޑީޕީ ސަރުކާރުން އިސްރޭއިލާއެކު ގުޅުން ބަދަހި ކުރުމާއި ގުޅިގެން އެއިރުގެ އިދިކޮޅު ޕާޓީތަކުން މިކަމާއި ދެކޮޅަށް އަޑު އުފުލައިފައި ވެއެވެ.
މިއަދު މިއުވާލެވުނު ތިން އެއްބަސްވުމުގެ މައުލޫމާތު މިއަދު އިސްރާއިލުގެ ސަރުކާރަށް އަންގާނެކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި ދުންޔާވަނީ ވިދާޅުވެފައެވެ. މިއީ ދިވެހި ސަރުކާރުން ފާޅުގައި އިސްރާއިލާއި ދެކޮޅަށް މިފަހުގެ ތާރީހެއްގައި ކުރި ފުރުތަމަ އަމަލެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...