މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ޙަފްލާ، މިއަހަރު ނުބޭއްވުމަށް ނިންމަވާ ސަރުކާރުން އެކަން އިޢުލާނު ކުރައްވައިފިއެވެ.
މިޙަފްލާ މިއަހަރު ނުބާއްވަވާ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ނިންމެވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ޙަފްލާ މިއަހަރު ނުބޭއްވި ނަމަވެސް، މިނިވަން ދުވަހު ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާޠަބު ކުރެއްވުމަށް ހަމަޖެހިފައި ވާކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.
ޚަރަދު ކުޑަ ކުރުމަށް މިނިވަން ދުވަހުގެ ޖަލްސާ ނުބޭއްވުމަށް ސަރުކާރުން ނިންމައިފި
ކޮމެންޓް (0)
ލޯޑް ކުރަމުން...