ރާއްޖޭގެ ޚަބަރު އިސްރާއީލުން ދެމުންދާ ލާއިންސާނީ ޢުދުވާނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ: ޕީޕީއެމް

އިސްރާއީލުން ދެމުންދާ ލާއިންސާނީ ޢުދުވާނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ: ޕީޕީއެމް

އިސްރާއީލުން ދެމުންދާ ލާއިންސާނީ ޢުދުވާނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ: ޕީޕީއެމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ ޢުދުވާނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަން ޕީޕީއެމް އިން ގޮވާލައިފިއެވެ.

ޕީޕީއެމްއިން ނެރެފައިވާ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ ޢުދުވާނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓައި، ފަލަސްތީނުގެ ރައްޔިތުންނަށް އެހެން ޤައުމުތަކުގައި އިންސާނުން ދިރިއުޅުމަށް ޤާއިމުވެފައިވާ ފަދަ އަމާން މާހައުލެއް ޤާއިމު ކޮށްދިނުމަށް މި ޕާޓިގެ ފަރާތުން ގޮވާލާ"ކަމަށެވެ.

"މި ހަމަލާތަކުގެ ސަބަބުން، ރަމަޟާން މަހުގެ ފަރުޟު އަދާކުރަމުން ގެންދާ ފަލަސްތީނުގެ މުސްލިމުންނަށް ތަހައްމަލު ކުރަންޖެހޭ ކެކުޅުން ތަކަކީ އެއްވެސް އިންސާނަކަށް ތަހައްމަލު ކުރެވޭނެ ވޭނެއް ނޫން."ކަމަށް ޕީޕީއެމް އިން ނެރެފައިވާ ބަޔާނުގައިވެއެވެ.

ފަލަސްތީނާއި ދެކޮޅަށް އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވަމުންދާއިރު އެތައް ބަޔަކު ދަނީ ހާލުގައި ޖެހެމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.