ވިތުރީގެ ޤުނޫތުގައި އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއި މުޅި އިސްލާމީ އުއްމަތަށް ހެޔޮދުޢާ ކޮށްދެއްވުމަށް އެންމެހާ އިމާމުންނަށް، އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްވައިފި އެވެ.
ޑރ ޝަހީމް މިފަދައިން އިލްތިމާސް ކުރައްވާފައިވަނީ އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައެވެ. "ފަލަސްތީނުގެ ރައްޔިތުންނަށާއި މުޅި އިސްލާމީ އުއްމަތަށް ހެޔޮދުޢާ ކޮށްދެއްވުމަށް އެންމެހާ އިމާމުންނަށް އިލްތިމާސްކުރަން" ޓުވީޓުގަވެއެވެ.
ޑރ ޝަހީމް މިފަދައިން އިލްތިމާސް ކޮށްފައިވާއިރު މިއަހަރުގެ ރަމަޟާން މަސް ފެށުނު ފަހުން އިސްރާއިލުންވަނީ ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަ ކޮށްފައެވެ. އަދި މިހަމަލާތަކުގައި އެތަކެއް މުސްލިމުން މަރުވެ ގިނަ ބަޔަކު ވަނީ ޒަޚަމް ވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...