"ތިލާވަތުލް ޤުރުއާން" ގެ ނަމުން ސަލަފް އޮންލައިން ރޭޑިއޯ އިން ޕްރޮގްރާމެއް ފަށަން ހަމަޖެހިފައިވާކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކޮށްފިއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުގައި "ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިހާރު ކުރިއަށްގެންދާ އޮންލައިން ރޭޑިއޯއެއްކަމަށްވާ ރޭޑިއޯ ސަލަފް އިން ޤުރްއާނުގެ ތަޖްވީދު ދަސްކޮށްދޭ ޕްރޮގްރާމެއް 2 ރަމަޟާން ވާ ހޯމަ ދުވަހު ފަށާގޮތަށް ހަމަޖެހިފައިވާ"ކަމަށެވެ. އެޖަމިއްޔާއިން ހާމަކުރި ގޮތުގައި "ތިލާވަތުލް ޤުރުއާން" ގެ ނަމުން ނަންދެވިފައިވާ މިޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ޖަމްޢިއްޔަތުއްސަލަފުގެ ހިންގާ ކޮމެޓީގެ މެމްބަރު އަލްޤާރީ މުޙައްމަދު ތައުފީޤު އެވެ.
"ހުކުރު ހޮނިހިރު ފިޔަވައި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ހަވީރު 5 ން 5:30 އަށް ލައިވްކޮށް ކުރިއަށްދާ މި ޕްރޮގްރާމް ރަމަޟާން މަސް ނިމުމުންވެސް އިންޝާﷲ ކުރިއަށްދާނެ. ރަމަޟާން މަސް ނިމުމުން މި ޕްރޮގްރާމް ކުރިއަށްދާނީ ހަފްތާއަކު އެއްފަހަރު"ކަމަށްވެސް ޖަމްޢިއްޔަތުއްސަލަފުން ހާމަކުރެއެވެ.
ލިންކް: ރޭޑިއޯ ސަލަފް
ކޮމެންޓް (0)
ލޯޑް ކުރަމުން...