އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމް ދެއްވާފައިވާ "ލޯބީގެ ޝަރުޢީ މިންގަނޑު" ދަރުސް ނިކުމެއްޖެ އެވެ.
ދަރުސް އިންތިޒާމްކުރި ސޮސައިޓީ ފޮރ އިސްލާމިކް ސްޓަޑީޒް (ސިސް) ގެ ފަރާތުން ހާމަކުރި ގޮތުގައި 07 މާރޗް 2014 ވަނަ ދުވަހުގެރޭ ޝައިޚް ސަމީރު ދެއްވި "ލޯބީގެ ޝަރުޢީ މިންގަނޑު" ދަރުސް މިހާރު ބާޒާރަށް ނުކުމެފައިވާ ކަމަށާއި މިދަރުސްގެ ސީޑީ ލިބެންހުންނާނީ މިސްކުލް ޚައިރް އަދި އަބާޔާ ފިހާރައިން ކަމަށް އެފަރާތުން ހާމަކުރެއެވެ.
ސިސް އިން އިތުރަށް ހާމަކުރާ ގޮތުގައި 9157425 ނަންބަރު ފޯނަށް ގުޅާ ސީޑީއަށް އޯޑަރ ދެއްވުމުން މާލޭގެ ކޮންމެ ހިސާބަކަށްވެސް ގެންގޮސްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
މިސީޑީގެ އަގަކީ -/35 ރުފިޔާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...