ރާއްޖޭގެ ޚަބަރު ފުރުޤާން މިސްކިތް ހުޅުވައިފި

ފުރުޤާން މިސްކިތް ހުޅުވައިފި

ފުރުޤާން މިސްކިތް ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަސައްކަތް ފެށިތާ ހަ އަހަރު ފަހުން ފުރުގާން މިސްކިތް ހުޅުވައިފިއެވެ.

ފުރުޤާން މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހުކުރުދުވަހުގެ އަސުރު ނަމާދުކުރިން ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި މިސްކިތް ހުޅުއްވައިދެއްވީ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު އެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބް ރައީސް ވިދާޅުވީ މިއީ ރާއްޖެއަށާއި ދީނީ އެއްބައިވަންތަކަމުގެ ގޮތުން ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ދުވަސްކޮޅެއް ކަމަށާއި އިސްލާމް ދީނުގެ ލުއިފަސޭހަކަމާއި އަދި އެ ދީނުގެ ސަމާހަތްތެރިކަމުގެ ވާހަކަ ޢިލްމުވެރިން ޒުވާނުންނަށް ވިސްނޭ ފަދަ ބަހުރުވައަކުން ފޯރުކޮށްދީ ރާއްޖޭގައި މިއޮތް ސައްތައިން ސައްތަ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމަށް މަސައްކަތްކޮށްދެއްވުމަށް ޢިލްމުވެރިންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގައ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. ޑރ ޝަހީމް ވިދާޅުވީ މިއީ ސަރުކާރުން މާލޭގައި އެޅި އެންމެ އަގުބޮޑު މިސްކިތް ކަމަށާއި މި މިސްކިތަށް 21 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

އިއްޔެ ހުޅުވުނު ފުރުޤާން މިސްކިތުގައި އެއްފަހަރާ 2،600 މީހުންނަށް ނަމާދުކުރެވެ އެވެ. އަދި މިމިސްކިތުގެ ގުރައުންޑް ފްލޯރގެ އިތުރުން ފުރަތަމަ ފްލޯރ ގަވެސް ވުޟޫކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.