މިސްކިތްތައް ބިނާކޮށް، މަރާމާތުކުރަން ފައިސާ ހޯދުމުގެ ގޮތުން އަޅާ "ދާރުލް އީމާން" އިމާރާތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިނިސްޓްރީ އޮފ އިސްލާމިކް އެފެއަރޒް އިން ހާމަކުރާ ގޮތުގައި ދާރުލް އީމާން އިމާރާތް، ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީ އިން އިއްޔެވަނީ އެ މަސައްކަތް ފަށާފައެވެ.
10 ބުރީގެ "ދާރުލް އީމާން" އިމާރާތްކުރުމުގެ މަސައްކަތް 24.9 މިލިއަން ރުފިޔާ އަށް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގައެވެ.
މާފަންނު މަދަރުސާއާ އިންވެގެން މަޖީދީމަގަށްވާ ގޮތަށް އަޅާ 10 ބުރީގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ކުރީގެ އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ފާރޫގް މުހައްމަދު އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...