1435 ވަނަ އަހަރުގެ ރަމަޟާން މަހު ތަރާވީހް ނަމާދު ކުރުމަށް އަދާލަތު ޕާޓީ މެދުވެރިވެގެން ގެންނަ ހާފިޡުން މާލެ އަތުވެއްޖެއެވެ.
އެޕާޓީއިން ހާމަކުރާ ގޮތުގައި މިފަހަރު ގެނައުމަށް ހަމަޖެހިފައިވާ ހާފިޡުން މާލެ އައިސްފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
އެފަރާތުން އިތުރަށް ވިދާޅުވީ ހާފިޡުން ގެނައުމުގައި އަދާލަތު ޕާޓީއިން އަދާކުރަނީ ހަމަ އެކަނި މެދުވެރި އެއްގެ ދައުރު ކަމަށާއި އެމީހުންގަނައުމުގެ ޚަރަދާއި ކަންކަން ބަލަހައްޓަނީ ހާފިޡުން ގެނައުމަށް އެދޭ ކައުންސިލަކުން ނުވަތަ ޖަމިއްޔާ އަކުން ނެވެ.
ރަމްޟާން މަހަށް ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ތަރާވިހް ނަމަދުކުރުމަށް ގެންނަ ޙާފިޡުންނާ އިންޓަވިއުކޮށް ފެންވަރު ދެނެގަނެ މަޢުލޫމާތު އެއްކުރުމަށް ޢަދާލަތު ޕާޓީގެ ވަފުދެއް މީގެ 2 މަސްކުރިންވަނީ އިންޑިއާއަށް ވަޑައިގެން މައުލޫމާތު އެއްކުރައްވާފައެވެ. މިވަފުދުގައި ވަޑައިގަތީ ޑރ މުހައްމަދު އިޔާޟް އަބްދުލް ލަތީފްގެ އިތުރުން އެޕާޓީގެ އިލްމުވެރިންގެ މަޖްލިސްގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން އެވެ.
މިއަހަރު ހާފިޡުން ބޭނުންވާ ފަރާތްތަކުން ޙާފިޡުން ރާއްޖެ ގެނައުމާއި އަނބުރާ ފޮނުވުމާއި މާލޭގައި މަޑުކުރަން ޖެހޭ ވަގުތުގައި އަދި ރަށްރަށަށް ފޮނުވުމާއި ރަމްޟާންމަސް ނިންމައި އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރައްވަން ޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދާއެކު 15000 ޑޮލަރު ނުވަތަ ދިވެހި ރުފިޔާއިންނަމަ 25،500 ރުފިޔާ ދައްކާފަވެއެވެ.
މިއީ އެޕާޓީން ޙާފިޡުން ގެނައި ހަވަނަ އަހަރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...