ރާއްޖޭގެ ޚަބަރު ނަމާދު ވޯރކްޝޮޕްގެ އަންހެން ބޭކަނބަލުންގެ ސެޝަންތައް މާދަމާ ފަށާނީ

ނަމާދު ވޯރކްޝޮޕްގެ އަންހެން ބޭކަނބަލުންގެ ސެޝަންތައް މާދަމާ ފަށާނީ

ނަމާދު ވޯރކްޝޮޕްގެ އަންހެން ބޭކަނބަލުންގެ ސެޝަންތައް މާދަމާ ފަށާނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލް އަސްރު ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ ނަމާދު ވޯރކްޝޮޕްގެ އަންހެން ބޭކަނބަލުންނަށް ހާއްސަ ސެޝަންތައް މާދަމާ ފަށާނެއެވެ.

“އަހަރުމެންގެ ލޮލުގެ ފިނިކަން” ނަމުގައި ބާއްވާ ވޯރކްޝޮޕް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރު އެވެ. މިސެޝަންތައް ކުރިއަށްދާނީ ޖޫން 20 އަދި 21 ދެދުވަހުއެވެ.

މިވޯރކްޝޮޕްގައި ނަމާދާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ތަފްސީލްކޮށް ބަޔާން ކޮށްދޭނެ ކަމަށާއި މިވޯރކްޝޮޕް ގައި ކިޔަވައި ދެއްވާނީ އައްޝައިޚް އާދަމް ޝަމީމް ކަމަށް އަލް އަސްރު ޖަމިއްޔާއިން ހާމަ ކުރެއެވެ.

މިވޯރކްޝޮޕަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.