ރާއްޖޭގެ ޚަބަރު ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ރަސްމީ ވެބްސައިޓް ލޯންޗު ކޮށްފި

ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ރަސްމީ ވެބްސައިޓް ލޯންޗު ކޮށްފި

ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ރަސްމީ ވެބްސައިޓް ލޯންޗު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ރަސްމީ ވެބްސައިޓް ލޯންޗު ކޮށްފިއެވެ.

"ދިރިއުޅުމުގެ މަޤްޞަދު" މި މައުޟޫޢަށް ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ބޭއްވި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސަށް ފަހު، ދިވެހިރާއްޖޭގެ މި ވެބްސައިޓް ލޯންޗު ކޮށްދެއްވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ފަޟީލަތުއްޝައިޚް އާދަމް ނަސީމް (ބީއޭ) އެވެ.

މި ވެބްސައިޓަކީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ދީނީ ތަޤްރީރުތަކުގެ އޯޑިއޯ ވީޑިއޯ އާއި، ޝޭޚްގެ ދީނީ ދަރުސް ޕްރޮގްރާމް ތަކުގެ ތާވަލު ހިމެނިފައިވާ ވެބްސައިޓެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފަޟީލަތުއްޝައިޚް އިލްޔާސްގެ ވެބްސައިޓް ހިންގުމުގައި ޙަރަކާތްތެރިވަނީ، މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ތަޢުލީމު ޙާޞިލުކުރަމުންދާ، ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ދަރިވަރުންތަކެކެވެ.

މިރޭ ލޯންޗު ކުރެވުނު މި ވެބްސައިޓުގެ އެޑްރެހަކީ، www.sheikhilyas.com އެވެ.

ޓެގް

ޝެއިޚް ޓެކްނޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.