ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ގަދަ ވަޔާއިއެކު ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޯލްޑިވްސް މީޓިއޮރޮލިޖަކަލް ސާވިސް ސެންޓަރު (މެޓް) އޮފީހުން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ހާމަކުރާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށް 23 – 30 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ވިއްސާރައިގެ ސަބަބުން މޫސުންގޯސްވެ ކަނޑު ގަދަވާނެތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...