“އަހަރުމެންގެ ލޮލުގެ ފިނިކަން” ނަމުގައި ބާއްވަން ހަމަޖެހިފައިވާ ނަމާދު ވޯރކްޝޮޕްގައި ބައިވެރިވުމަށް ފޯރމް ހުށަހެޅުމުގެ އެންމެފަހު ތާރީޚްއަކީ 07 ޖޫން ވާ ހޮނިހިރު ދުވަސްކަމުގައި ވޯރކްޝޮޕް އިންތިޒާމްކުރާ “އަލް-އަސްރު” އިން ހާމަކޮށްފިއެވެ.
އަލް-އަސްރުން ހާމަކުރިގޮތުގައި “މިވޯރކްޝޮޕްއަކީ ނަމާދު ގެ ކަންކަން އުންގަންނައިދިނުމުގެ ގޮތުން އިންތިޒާމްކޮށް ކުރިއަށްގެންދެވޭ 2 ދުވަހުގެ ވޯރކްޝޮޕްއެއް ކަމަށާއި މި ވޯކްޝޮޕް ގައި ކިޔަވައި ދެއްވާނީ އައްޝައިޙް އާދަމް ޝަމީމް ބިން އިބްރާހިމްއެވެ. މިވޯރކްޝޮޕްގެ ފީއަކީ 250 ރުފިޔާކަމަށް އެޖަމިއްޔާއިން ހާމަކުރިއެވެ.
މިވޯރކްޝޮޕްގައި ބައިވެރިވުމަށްއެދޭ ފޯރމް އަލް އަސްރުގެ އޮފީހުގެ އިތުރުން ޕީޓޭސް ރެސްޓޯރެންޓުންނާއި މެސެޖް އޮފް އިސްލާމްއިން ލިބެން ހުންނާނެކަމަށް އަސްރު ޖަމިއްޔާއިން ހާމަކުރެއެވެ. އަދި މިވޯރކްޝޮޕްއާއި ގުޅޭ އިތުރު މައުލޫމާތު 7533232 ނަންބަރު ފޯނުންނާއި އަލް އަސްރުގެ ފޭސްބުކް ޕޭޖްއިންވެސް ލިބެން ހުންނާނެކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...