ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށްޓަކައި ކުރާ ހުރިހާ މަސައްކަތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ދިވެހިރައްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ތިބީ ފަލަސްތީނާ އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމިން މިހެން ވިދާޅުވީ، އޭއެފްސީ ޗެލެންޖް ކަޕުގެ ފައިނަލުގައި ފަލަސްޠީނާއި ފިލިޕިންސް ކުޅުނު މެޗުގައި، ދިވެހި ސަޕޯޓަރުން ދެއްވި ހިތްވަރަށް ޝުކުރު އަދާކުރެއްވުމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ރައީސް ޔާމިނަށް ފޯނުން ގުޅުއްވުމުންނެއެވެ.
ގިނަ ޢަދަދެއްގެ ދިވެހީން ފަލަސްތީނުގެ ގައުމީ ޓީމަށް ސަޕޯޓު ކޮށްފައިވާތީ ރައީސް މަހުމޫދު އައްބާސް ވަނީ ދިވެހި ސަޕޯޓަރުންނަށް ތައުރީފް ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...