މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޢަދާލަތު ޕާޓީގެ ދަރުސް ދަރުބާރުގެއަށް ބަދަލުކޮށްފިކަމަށް އެޕާޓީއިން ހާމަކޮށްފިއެވެ.
ޢަދާލަތު ޕާޓީއިން މިރޭ (27 ޖެނުއަރީ 2011 ) ގައި އަލިމަސް ކާނިވަ ސްޓޭޖުގައި ބޭއްވުމަށް އިޢުލާން ކުރެވިފައިވާ ޝައިޚް އިލްޔާސްގެ ޚާއްސަ ދަރުސް ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ދަރުބާރުގެއަށް ބަދަލުކޮށްފައިވާކަމަށް ދިއިސްލާމްއަށް ވަނީ ދަރުސް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ހާމަކޮށްފައެވެ.
އެހެންކަމުން މިރޭ އޮންނަ ދަރުސް އޮންނާނީ ދަރުބާރުގޭގެ ދޮށިމޭނާ މާލަމުގައި ރޭނގަޑު 8:45 ގައެވެ. މިދަރުސް އެމް.އެން.ބީ.ސީ ވަން އިން ލައިވް ކުރާއިރު އެޓޯލް ރޭޑިއޯއިން ވެސް ލައިވް ކުރާނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...