ރާއްޖޭގެ ޚަބަރު ޤާނޫނުލް އުޤޫބާތުގެ ބިލަކީ އިސްލާމީ ޝަރީޢަތާއި ފުށުއަރާ ބާތިލް އެއްޗެއް: ޑރ ޢިޔާޟް

ޤާނޫނުލް އުޤޫބާތުގެ ބިލަކީ އިސްލާމީ ޝަރީޢަތާއި ފުށުއަރާ ބާތިލް އެއްޗެއް: ޑރ ޢިޔާޟް

ޤާނޫނުލް އުޤޫބާތުގެ ބިލަކީ އިސްލާމީ ޝަރީޢަތާއި ފުށުއަރާ ބާތިލް އެއްޗެއް: ޑރ ޢިޔާޟް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

13 އޭޕްރީލް 2014 ވަނަ ދުވަހު ތަސްދީގު ކުރެވުނު ޤާނޫނުލް އުޤޫބާތުގެ ބިލަކީ ކަނޑައެޅިގެން އިސްލާމީ ޝަރީޢަތާއި ފުށުއަރާ އެތައް ކަމެއް އެކުލެވިގެންވާ ބާތިލް އެއްޗެއްކަމުގައި ޑރ މުޙައްމަދު ޢިޔާޟް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.

ފިޤްހް އެކަޑަމީގެ ނައިބް ރައީސްކަން ކުރައްވަމުން ގެންދަވާ ޑރ ޢިޔާޟް މިފަދައިން ވިދާޅުވެފަައިވަނީ އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖްގައެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ޤާނޫނުލް އުޤޫބާތުގެ ބިލަށް މަޖްލީހުން އެންމެފަހުން ގެނައި އިސްލާހެއްކަމަށް ލިޔަމުން، ނިންމާލަމުން 1205 ވަނަ މާއްދާގައި ލިޔެފައިވަނީ

" ޤުރުޢާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އިސްލާމީ ޝަރީޢަތުގެ އަސްލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މިޤާނޫނާއި ޤުރުއާނުގައި ކަނޑައެޅިފައިވާ އުޤޫބާތް އެމީހެއްގެ މައްޗަށް ކަނޑައެޅޭނެ ކަމަށެވެ."

މިކަން އިތުރަށް ތަފްސީލް ކޮށްދެއްވަމުން ޑރ ޢިޔާޟް ވިދާޅުވެފައިވަނީ ޤާނޫނުލް އުޤޫބާތުގައިވާ ގޮތުން މުހްސަނަކު ޒިނޭކޮށްފިނަމަ އަދަބަކީ 100 އެތިފަހަރުން ހައްދު ޖެހުމާއެކު 2 އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ކަމަށެވެ. ނަމަވެސް އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތަކީ އެމީހަކު ރަޖަމް ކުރުން ކަމަށާއި އޭގެ އިތުރު އެއްވެސް އަދަބެއް ދިނުން ނޯންނަކަމަށެވެ.

ޑރ ޢިޔާޟް އިތުރަށް ވިދާޅުވެފައިވަނީ 1205 ވަނަ މާއްދާ އެގޮތަށް ޤާނޫނުލް އުޤޫބާތުގެ ބިލަށް އިތުރުކުރުމަކުން އެއީ ޞައްޙަ އެއްޗަކަށް ނުވާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.