ގެއްލުނު މަތިންދާ ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހި ތަކެއް ފަސް މަތިންދާ ބޯޓަކުން މިއަދު ހޯދައިފިއެވެ. މިކަން ހާމަ ކޮށް ބޭރުގެ ބައެއް މީޑިޔާ ތަކުން ބުނީ ގެއްލުނު މަތިންދާ ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހި ތަކެއް ފެނުނީ ބޯޓު ހޯދަން އަލަށް ބަލަން ފެށި ސަރަޙައްދުން ކަމަށާއި، މި ސަރަޙައްދުން ގެއްލުނު ބޯޓުގެ ބައިތައް ކަމަށް ބެލެވޭ ގިނަ އެއްޗެހި ތަކެއް ފެންނަމުން ދާކަމަށެވެ.
އެގޮތުން ގެއްލުނު ބޯޓު ހޯދުމުގައި މިއަދު ޙަރަކާތްތެރިވީ އޮސްޓްރޭލިޔާގެ ރޯޔަލް އެއާފޯސްގެ ބޯޓެއްގެ އިތުރުން ނިޔުޒީލެންޑް އެއާފޯސްގެ ބޯޓަކަށް ވެސް ކަނޑުމަތިން އަޅި ނުވަތަ ނޫކުލައިގެ ބޮޑެތި ހަތަރެސް ކަނަށް ހުރި އެތިގަނޑު ތަކެއް ފެނިފައި ވާކަމަށް މި ފަރާތްތަކާއި ޙަވާލާދީ ބޭރުގެ މީޑިޔާ ތަކުން ވަނީ ބުނެފައެވެ.
އަލަށް ފެނުނު މި ތަކެއްޗަކީ ސީދާ ގެއްލުނު ބޯޓުގެ ބައިތަކެއް ކަމަށް ބުނަން އަދި މާ އަވަސް ކަމަށާއި، މިކަން ކަށަވަރު ވާނީ އެ ސަރަޙައްދަށް މިހާރު ދަތުރު ކުރަމުން ގެންދާ މަނަވަރު ފަހަރަށް މިތަކެތި ނަގައި އިތުރަށް ދިރާސާ ކުރެވިގެން ކަމަށް ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ މީޑިޔާ ތަކުން ވަނީ ބުނެފައެވެ.
އަލަށް ހޯދަން ފެށި ސަރަޙައްދުން ގެއްލުނު މަތިންދާ ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހި ތަކެއް ފަސް މަތިންދާ ބޯޓަކަށް މިއަދު ފެނުމާއި ގުޅިގެން އެ ސަރަޙައްދާއި އެންމެ ކައިރީގައި މިވަގުތު އޮތް ޗައިނާގެ މަނަވަރަށް ވެސް އެ ހިސާބަށް ފޯރާނީ މާދަމާގެ ވަގުތެއް ކަމަށް އެ މަނަވަރާއި ޙަވާލާދީ މީޑިޔާ ތަކުން ބުނެފައިވެއެވެ.
އަލަށް ފެނުނު ތަކެތީގެ ފޮޓޯތައް ވެސް މިހާރު ވަނީ ޗައިނާގެ ޤައުމީ ޓީވީ ސީސީޓީވީން ދުރަށް ދައްކާފައެވެ.
މި ޚަބަރުގެ ސޯސް އަދި އިތުރު މަޢުލޫމާތު ދިއިސްލާމް ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...