ދުނިޔެ އޮސްޓްރޭލިޔާ އިން ދެއްކި ގެއްލުނު ބޯޓުގެ ބައިތައް ހޯދަން ފޮނުވި މަތިންދާބޯޓު ހުސްއަތާ އެނބުރި އަތުވެއްޖެ.

އޮސްޓްރޭލިޔާ އިން ދެއްކި ގެއްލުނު ބޯޓުގެ ބައިތައް ހޯދަން ފޮނުވި މަތިންދާބޯޓު ހުސްއަތާ އެނބުރި އަތުވެއްޖެ.

އޮސްޓްރޭލިޔާ އިން ދެއްކި ގެއްލުނު ބޯޓުގެ ބައިތައް ހޯދަން ފޮނުވި މަތިންދާބޯޓު ހުސްއަތާ އެނބުރި އަތުވެއްޖެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އޮސްޓްރޭލިޔާ އިން ދެއްކި ގެއްލުނު މެލޭޝިޔާގެ މަތިންދާ ބޯޓުގެ ބައިތައް ހޯދަން ފޮނުވި މަތިންދާބޯޓު ހުސްއަތާ އެނބުރި އަތުވެއްޖެއެވެ.
މިކަން ހާމަ ކޮށް ދުނިޔޭގެ މަޝްހޫރު ޚަބަރު ފަތުރާ ވަޞީލަތެއް ކަމަށްވާ އޭޕީ އާއި ޙަވާލާދީ އެމެރިކާގެ އޭބީސީ ޗެނަލުން ބުނީ ގެއްލުނު މަތިންދާ ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހި ތައް ހޯދުމަށް އެ ސަރަޙައްދަށް ފުރަތަމަ ދަތުރުކުރި މަތިންދާބޯޓު ދިހަ ގަޑިއެއްހާއިރު އުދުހިފައި އައީ ހުސް އަތާ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުނު މަތިންދާ ބޯޓު މި ސަރަޙައްދުން ހޯދުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅިފައި ފާއިރު، އިތުރު ތިން މަތިންދާ ބޯޓު މިހާރު ވެސް އެ ސަރަޙައްދުގައި ހަރަކާތްތެރި ވަމުން ގެންދާ ކަމަށެވެ.
އަދި އިތުރު މަތިންދާ ބޯޓެއް އެ ސަރަޙައްދަށް މިހާރުވެސް ދަތުރު ކުރަމުން އަންނަ އިރު، އިއްޔެ އިން ފެށިގެން މެދު ނުކެނޑި މި ސަރަޙައްދުގައި އުދުހުނު އެއްވެސް މަތިންދާ ބޯޓަކަށް ގެއްލުނު ބޯޓުގެ ހިލަމެއް ވެސް ވެފައި ނުވާކަމަށް އޭޕީ އާއި ޙަވާލާދީ އޭބީސީން ވަނީ ރިޕޯޓު ކޮށްފައެވެ.
މީގެ އިތުރުން ބައެއް ރިޕޯޓު ތައް ބުނާގޮތުން މިހާތަނަށް ހޯދުނު ހޯދުން ތަކާއި އޮސްޓްރޭލިޔާއިން ޢާއްމު ކުރި ސެޓެލައިޓް ފޮޓޯ ތަކަށް ބަލާއިރު މިހާރު އެންޓާޓިކާ އާއި ދުރު ނޫން ސަރަޙައްދަކުން ހޯދަމުން ގެންދާ ބޯޓު ފެނުމަށްވުރެ ގާތީ ނުފެނުމެވެ.
އެއީ އެ ސަރަޙައްދުން ފެނުނު ކަމަށް ބުނާ އެތިގަނޑު ތަކާއި ގެއްލުނު މަތިންދާ ބޯޓުގެ ސައިޒު ތައް އެއްވެސް ފަރަކަށް ދިމާ ނުވެ ބޮޑެތި ފަރަޤު ތައް ހުރުމާއި އިއްޔެ ހަތަރު ދަމު އެ ސަރަޙައްދުގައި އަތްފުނާއެޅި މަތިންދާ ބޯޓު ތަކަށް ވެސް ހުސް އަތާ އަންނާން ޖެހިފައި ވާތީ ކަމަށް ވެސް ބައެއް ރިޕޯޓު ތައް ބުނެއެވެ.
މި ޙާދިސާގައި ގެއްލުނު ބޯޓުގެ އާއިލާގެ ބައެއް ފަރާތްތަކުން އުއްމީދު ކުރަނީ މިހާރު ހޯދަމުން ގެންދާ އެތިގަނޑު ތަކަކީ އެންޓާޓިކާއިން ނެއްޓުނު އައިސް ގަނޑަކަށް ވުމަށެވެ. އެހެނީ އެމީހުން އެދެނީ އަދި އެމީހުންގެ ހިތް ބުނަނީ ގެއްލުނު ބޯޓު ގެ މީހުން ކޮންމެވެސް ހިކިފަސް ތަނެއްގައި ގަދަވެ ސަލާމަތުން ތިބި ކަމަށާއި، އެމީހުން އަދި ފެންނާނެ ކަމަށެވެ.

މި ޚަބަރުގެ ލައިވް އަޕްޑޭޓް އަދި ސޯސް ދި އިސްލާމްގެ ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.