ދުނިޔެ ގެއްލުނު މެލޭޝިޔާގެ ބޯޓު އިތުރު ހަތްގަޑިއިރު ދުއްވާފައިވާ ކަމަށް ބެލެވިއްޖެ

ގެއްލުނު މެލޭޝިޔާގެ ބޯޓު އިތުރު ހަތްގަޑިއިރު ދުއްވާފައިވާ ކަމަށް ބެލެވިއްޖެ

ގެއްލުނު މެލޭޝިޔާގެ ބޯޓު އިތުރު ހަތްގަޑިއިރު ދުއްވާފައިވާ ކަމަށް ބެލެވިއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ގެއްލުނު މެލޭޝިޔާގެ ބޯޓު އިތުރު ހަތްގަޑިއިރު ދުއްވާފައިވާ ކަމަށް ބެލެވިއްޖެއެވެ.
239 މީހުނާއި އެކު ދަތުރުކުރި މެލޭޝިޔާގެ މަތިންދާ ބޯޓާއި ގުޅޭ މުޅިން ތަފާތު މަޢޢުލޫމާތު ތަކެއް ހާމަ ކުރައްވަމުން މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤު ވިދާޅުވީ ބޯޓުގެ މުވާސަލާތީ ނިޒާމު ތައް ގަސްދުގައި ކަމުގެ ތަޖުރިބާ ކާރުން ނިއްވާލާފައި ވާކަމަށް ބެލެވޭ އިރު، އިތުރު ހަތް ގަޑިއިރު ދުއްވާނެހާ ތެޔޮ އެރޭ ބޯޓަށް އަޅާފައި ވާކަމަށެވެ.
އެހެން ކަމުން އިތުރު ހަތް ގަޑިއިރު މި ބޯޓު ދުއްވުމުގެ ޤާބިލުކަން ބޯޓުގައި ހުންނާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.
ގެއްލުނު ބޯޓު ހައިޖެކް ކޮށްފައިވާ ކަމަށް މެލޭޝިޔާގެ ރަސްމީ ފަރާތްތަކުން ކަށަވަރު ކޮށްދީފައި ވާއިރު، ގެއްލުނު މެލޭޝިޔާގެ ބޯޓު ރާޑަރު ތަކުން ގެއްލުނުތާ އެތައް އިރެއް ފަހުން ވެސް އެ ބޯޓުގެ މިސްރާބު ބަދަލު ކޮށް ބޯޓު ހުޅަނގަށް ދަތުރު ކޮށްފައި ވާކަމަށް އެމެރިކާގެ އިތުރުން ސިންގަޕޫރުގެ ބައެއް އޮފިޝަލުން ވެސް ވަނީ އެ ޤައުމުގެ މިލިޓަރީ ރާޑަރު ތަކާއި ޙަވާލާދީ ބުނެފައެވެ.
މެލޭޝިޔާގެ އެމްއެޗް 370 މަތިންދާބޯޓު ގެއްލުނުތާ މިއަދަށް އަށް ދުވަސް ވެފައި ވާއިރު، މި ބޯޓު ހޯދުމުގެ އޮޕަރޭޝަން އިތުރަށް ވަނީ ފުޅާކޮށްފައެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ހާމަކޮށްފައިވާ މަޢުލޫމާތު ތައް ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރު ކޮށްދީފައި ނުވި ނަމަވެސް އެމެރިކާއިން ވަނީ ގެއްލުނު ބޯޓު ހުޅަނގަށް ދަތުރު ކުރި ކަމަށް ދެކެވޭ ވާހަކަ ތަކަށް ބާރު ލިބޭފަދަ ގޮތަކަށް އެ ޤައުމުގެ ބަސްމަގު ވަނީ ބަދަލު ކޮށްފައެވެ.
އެގޮތުން އެ ބޯޓު ހުޅަނގުން އިންޑިޔާ ކަނޑާއި ދިމާއަށް ދުއްވާފައި ވާކަމަށް ބުނެ އެމެރިކާގެ އިސް އޮފިޝަލަކު މީޑިޔާ ތަކަށް މަޢުލޫމާތު ދީފައި ވަނިކޮށް އެމެރިކާއިން ބުނެފައި ވަނީ އެ ޤައުމުން ގެއްލުނު ބޯޓު ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކޮށްފައި ވާކަމަށާއި، ބޯޓު ހޯދުމުގެ މަސައްކަތަށް އިންޑިޔާ ކަނޑަށް އިތުރު އުޅަނދު ފަހަރާއި މަނަވަރު ފަހަރު ފޮނުވަން ނިންމާފައި ވާކަމަށެވެ.
އެމެރިކާއިން މިކަން ހާމަ ކުރުމާއި އެކު އިންޑިޔާ އިން ވެސް ވަނީ އެ ޤައުމުން ގެއްލުނު ބޯޓު ހޯދަން ކުރާ މަސައްކަތް އިތުރަށް ފުޅާކޮށްފައެވެ.
އެގޮތުން އިތުރު ތިން މަތިންދާބޯޓާއި ދެ މަނަވަރާއި އެކު ޖުމްލަ ހަ މަނަވަރާއި ފަސް މަތިންދާބޯޓު ޙަރަކާތްތެރި ވާނެ ކަމަށް އިންޑިޔާއިން ބުނެފައި ވެއެވެ.

މި ޚަބަރުގެ އިތުރު ތަފްޞީލް ހިމެނޭ ލިންކް ދިއިސްލާމް ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.