ރާއްޖޭގެ ޚަބަރު ކަނޑުމަތީގައި ސްޓްރޯކެއް ޖެހުނު މީހަކު ކޯސްޓްގާޑުން މާލެގެނެސްފި

ކަނޑުމަތީގައި ސްޓްރޯކެއް ޖެހުނު މީހަކު ކޯސްޓްގާޑުން މާލެގެނެސްފި

ކަނޑުމަތީގައި ސްޓްރޯކެއް ޖެހުނު މީހަކު ކޯސްޓްގާޑުން މާލެގެނެސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކަނޑުމަތީގައި ސްޓްރޯކެއް ޖެހުނު މީހަކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން މާލެގެނެސްދީފިއެވެ.

އެމްއެންޑީއެފުން އިއްޔެ މާލެ ގެނެސްދީފައިވަނީ ޅ.ކުރެންދޫ އަލަމާގޭ އުމުރުން 73 އަހަރުގެ އަޙްމަދު ޙުސައިނެވެ. އަޙްމަދު ޙުސައިން މާލެ ގެނެސްދީފަވަނީ މުދާ އުފުލާ ދޯންޏެއްގައި ޅ.ކުރެންދޫއިން ފުރައިގެން މާލެ ދަތުރުކުރަނިކޮށް ސްޓްރޯކެއް ޖެހުމާއި ގުޅިގެން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފައި ވެއެވެ. މާލޭއޭރިއަރ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗް އެސަރަހަށްދަށް ދިޔައިރު އަޙްމަދު ޙުސައިން ދަތުރުކުރަމުންދިޔަ "ވިންޓަރ" ދޯނީގެ އިންޖީނު ހުއްޓުމާއި ގުޅިގެން ކ.ކާށިދޫ ދޯންޏެއްގެ އެހީތެރިކަމާއެކު އެދޯނިވަނީ ކާށިދޫ ބަނދަރަށް ވައްދާފައެވެ. މިބަލިމީހާ މާލެ ގެނެސްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑްގައި އެދިލައްވާފައިވަނީ ދޯނީގެ ކެޕްޓަނެވެ.

މިބަލިމީހާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް މިހާރުވަނީ ގެންދެވިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.