ރާއްޖޭގެ ޚަބަރު ރިޝްވަތު ދިނުމަކީ ﷲ އާއި އެކަލާންގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ލަޢުނަތް ލިބިގެންދާނެކަމެއް: ޝައިޚް ސިނާން

ރިޝްވަތު ދިނުމަކީ ﷲ އާއި އެކަލާންގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ލަޢުނަތް ލިބިގެންދާނެކަމެއް: ޝައިޚް ސިނާން

ރިޝްވަތު ދިނުމަކީ ﷲ އާއި އެކަލާންގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ލަޢުނަތް ލިބިގެންދާނެކަމެއް: ޝައިޚް ސިނާން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރިޝްވަތު ދިނުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި އެކަލާންގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ލަޢުނަތް އެމީހަކަށް ލިބިގެންދާނެކަމެއްކަމަށް އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އެޖަމްޢިއްޔާގެ ވެބްސައިޓުގައި ކޮންމެ ބުރާސްފަތި ދުވަހަކު ޝާއިޢު ކުރަމުންގެންދާ "ހަފްތާ ނަސޭޙަތް" ގެ 52 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް މުޙައްމަދު ސިނާން ވިދާޅުވީ ތިމާ ބޭނުންވާ ވަކި ކަމެއް ޙާޞިލު ކުރުމަށްޓަކައިކަމުގައިވިޔަސް ރިޝްވަތު ދިނުމަކީ ބޮޑުވެގެންވާ ފާފައެއްކަމަށާއި އަދި އެއީ ﷲ އާއި އެކަލާންގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ލަޢުނަތް ލިބިގެން ދާނެކަމެއްކަމަށެވެ. ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި ރިޝްވަތަކީ މީސްތަކުން ހޯދަމުންދާ މުދަލުގެތެރެއިން ބާޠިލު ގޮތުގައި ހޯދަމުންގެންދާ މުދާ ކަމަށެވެ.

"ރިޝްވަތަކީ މީހަކު އޭނާ ބޭނުންވާ ކަމެއް ވަކިގޮތަކަށް ކުރުމަށްޓަކައި މީހަކަށް ނުވަތަ ބަޔަކަށް ދޭ އެއްޗަކަށް ކިޔާ ނަމެއް. މިފަދައިން ކަންތައް ކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ކަމެއް. އަދި އިޖްތިމާއީ ގޮތުންނާއި އަދި ހަމައެފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކޯފާ އާއި އަދި ރަސޫލާ صلى الله عليه وسلم ގެ ލަޢުނަތް ލިބިގެންދާކަމެއް" ޝައިޚް ވިދާޅުވިއެވެ.

ހަތަރު މިނެޓްގެ މި ކުރު ނަޞޭޙަތްކޮޅު ނިންމާލައްވަމުން ޝައިޚް ވިދާޅުވީ ރިޝްވަތުގެ ނުބައި ޢަމަލުން އަޅުގަނޑުމެން އެންމެން ދުރުވެ ރައްކާތެރިވާން ޖެހޭކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.