ރާއްޖޭގެ ޚަބަރު ފުލުހުންގެ މުއައްސަސާގެ ސިއްރުތައް ހިފެހެއްޓުމަށް ޑެޕިޔުޓީ ކޮމިޝަނަރ ގޮވާލައްވައިފި

ފުލުހުންގެ މުއައްސަސާގެ ސިއްރުތައް ހިފެހެއްޓުމަށް ޑެޕިޔުޓީ ކޮމިޝަނަރ ގޮވާލައްވައިފި

ފުލުހުންގެ މުއައްސަސާގެ ސިއްރުތައް ހިފެހެއްޓުމަށް ޑެޕިޔުޓީ ކޮމިޝަނަރ ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފުލުހުންގެ މުއައްސަސާގެ ސިއްރުތައް ހިފެހެއްޓުމަށް ހުރިހާ ފުލުހުންނަށް ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސަޢުދީ ގޮވާލައްވައިފިއެވެ.
ނ. މަނަދޫ ޕޮލިސް ސްޓޭޝަނާއި ބ. އޭދަފުށި ޕޮލިސް ސްޓޭޝަންގައި ގާއިމްވެ ތިބޭ ފުލުހުންނާ ބައްދަލުކުރައްވައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރ އަޙްމަދު ސަޢުދީ ވިދާޅުވީ، އަދި ކޮންމެ ފުލުހަކުވެސް ފުލުހުންގެ މުއައްސަސާގެ ސިއްރުތައް ހިފަހައްޓައި، ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިވެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ކަމެއްގައިވެސް ޢަމަލުކުރުމަށާއި ކޮންމެ ޙާލެއްގައިވެސް ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުންމަތީ ދެމިތިބޭނެ ބަޔަކަށް ފުލުހުން ވާން ޖެހޭ ކަމަށެވެ.

ވަކި ވަކިން މަނަދޫ ޕޮލިސް ސްޓޭޝަނާއި އޭދަފުށި ޕޮލިސް ސްޓޭޝަންގައި ބޭއްވި ބައްދަލުވުން ތަކުގައި ޑެޕިއުޓީ ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި ފުލުހުންނާއި ރައްޔިތުން ގުޅިގެން މުޖުތަމަޢުގެ ލާބައާއި ރަށުގެ ތަރައްޤީއަށްޓަކައި އެރަށަކީ އަމާން ވެއްޓެއް ޤާއިމްވެފައިވާ ރަށަކަށް ހެދުމަށް މަސައްކަތް ކުރުމަށާއި ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ އެމީހުންގެ ކަނބޮޑުވުންތައް އަހައި އެކަންތައްތައް ހައްލުކޮށްދިނުމަށް ފުލުހުން މަސައްކަތް ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ހުރިހާ ފުލުހުންވެސް ރައްޔިތުންނާއެކު އިޖްތިމާޢީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެދިލެއްވިއެވެ.
މައްސަލަތައް ކާމިޔާބުކުރާ މިންވަރު މިހާރުވެސް އެތައް ގުނައެއް އިތުރު ކުރެވިފައިވާކަން ފާހަގަ ކުރައްވަމުން ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވީ ކުރިއާ އަޅާބަލާއިރު މިހާރު ފުލުހުންގެ މަސައްކަތް އެތައް ގުނަތަނެއް، އެތައް ގޮތަކުން ކުރިއަރާފައިވާ ކަމަށާއި އެކަންތައް ފުލުހުންގެ ތަޙުޤީޤު ތަކުންނާއި މައްސަލަތައް ކާމިޔާބުކުރާ މިންވަރުން ފެންނަން ޖެހޭކަމަށެވެ.

އެ ދެރަށުގައި ވަކިވަކިން ދިޔަ މި ބައްދަލުވުންތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީގެ އިތުރުން ޑިވިޜަނަލް އޮޕަރޭޝަން ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ހެޑް އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓަރޭޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއާއި ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިޔާ ޒާހިރު ބައިވެރިވެލެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.