ރާއްޖޭގެ ޚަބަރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް 3 މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް 3 މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް 3 މީހަކު ހޯދަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކްރިމިނަލް ކޯޓަށާއި ސިވިލް ކޯޓަށް ހުށަހެޅިފައިވާ ތަފާތު ތިން މައްސަލައަކާ ގުޅިގެން އެ ކޯޓުތަކަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ތިން މީހަކު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ފުލުހުން އެމީހުން ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އުޅޭ ވަކި ތަނެއް ނޭގި ހޯދައި ނުފެނިފައިވާތީ މި މީހުން ހޯދުމަށް ޢާއްމުކޮށް އިޢުލާން ކޮށްފިއެވެ.
ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކުރުމަށް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުން ދަނީ ސ. ހިތަދޫ ބޯށިމާގެ، އަޒުހަރު އަޙްމަދު އާއި ހދ. ކުމުންދޫ ރީގަލް، މުޙައްމަދު މޫސާގެ އިތުރުން ތ. ބުރުނި މޫނިމާގެ، ޙަސަން މުޙައްމަދުއެވެ.
މި 3 މީހުންގެ ތެރެއިން އަޒުހަރު އަޙްމަދު ހޯދަމުން ދަނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމާއި، ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި، ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ޙާޟިރުކުރުމަށް ބޭނުންވެ ޙާޟިރު ކުރެވިފައި ނުވާ މީހަކަށް ވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ.
މުޙައްމަދު މޫސާ ހޯދުމުން ދަނީ ބޭންކް އޮފް މޯލްޑިވްސް އިން ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކަށް ޙާޟިރުކުރުމަށް ބޭނުންވެ، ޙާޟިރުކުރުމަށް ބޭނުންވެ، ޙާޟިރުކުރުމަށް ފޮނުވާ އަމުރު ރައްދު ކުރެވިފައި ނުވާ މީހަކަށް ވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކުރުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ.
ޙަސަން މުޙައްމަދު ހޯދަމުން ދަނީ އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ މައްސަލައަކާއި ގުޅިގެން ޙާޟިރުކުރުމަށް ބޭނުންވެ ޙާޟިރު ކުރެވިފައި ނުވާ މީހަކަށް ވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކުރުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ.
އެހެން ކަމުން މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.