ރާއްޖޭގެ ޚަބަރު ޖަމްޢިއްޔަތުއްސަލަފުގެ "ސަލަފް ޓޯކް" މާދަމާ ރޭ

ޖަމްޢިއްޔަތުއްސަލަފުގެ "ސަލަފް ޓޯކް" މާދަމާ ރޭ

ޖަމްޢިއްޔަތުއްސަލަފުގެ "ސަލަފް ޓޯކް" މާދަމާ ރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމުގައިވާ "ސަލަފް ޓޯކް" މާދަމާ ރޭ (ބުރާސްފަތި ދުވަހުގެ ރޭ) އިންޝާﷲ އޮންނާނެކަމަށް އެޖަމްޢިއްޔާގެ ވެބްސައިޓުގައި ހާމަކޮށްފިއެވެ.

މާދަމާ ރޭ ބާއްވާ "ސަލަފް ޓޯކް" ޕްރޮގްރާމު އޮންނާނީ ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައިކަމަށާއި ރޭގަނޑު 8:45 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ޝައިޚެއްގެ ގޮތުގައި ބައްދަލު ކުރައްވާނީ އައްޝައިޚް ޙަސަން މޫސާ ފިކުރީ ކަމަށް ހާމަކޮށްފައިވެއެވެ. އަދި ގެސްޓް ސްޕީކާއެއްގެ ގޮތުގައި ވަރަށް ޚާއްޞަ ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.
ޖަމްޢިއްޔަތުއްސަލަފުން ބުނެފައިވާގޮތުގައި މަހަކު މަދުވެގެން ދެ ފަހަރު ބޭއްވުމަށް އިންތިޒާމުކޮށްފައިވާ މި ޕްރޮގްރާމަކީ ދީނީ ޢިލްމުވެރިންގެ އިތުރުން އިޖްތިމާޢީގޮތުން ފާހަގަ ކުރެވޭ ބައެއް ކަންތައްތައް ފާހަގަކޮށް، އެ ދާއިރާއަކުން އެންމެ އެކަށޭނަގޮތަށް މަޢުލޫމާތު ދެވޭފަދަ ބޭފުޅުންވެސް ބައިވެރިކޮށްގެން ޢާއްމުންނާ ހަމައަށް އެކަންތައްތަކުގައި ހުރި މައްސަލަތައް ކިޔައިދީ ހޭލުންތެރި ކުރުމުގެ ގޮތުން ކުރިއަށްދާ ޕްރޮގްރާމެއްކަމަށެވެ.

ވަރަށް ތަފާތު ޙަރަކާތެއްގެ ގޮތުގައި ޖަމްއިއްޔަތުއްސަލަފުން ކުރިއަށް ގެންދާ މި ހަފްލާއަށް ވީހާވެސް ގިނަ އަޚުންނާއި އުޚްތުން ވަޑައިގަތުމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށް ބޮޑު އެދުމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.