ހޯމް މިނިސްޓަރު ޢުމަރު ރ. އިނގުރައިދޫ އާއި ނ. ލަންދޫގައި ފުލުހުންގެ މަރުކަޒު ހުޅުވައި ދެއްވައިފިއެވެ.
މިކަމަށްޓަކައި އެ ދެ ރަށުގައި ރަސްމިއްޔާތެއް ބާއްވާފައިވާއިރު ރ. އިނގުރައިދޫގައި ބޭއްވި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރުފަހު 1400 ގައި އެރަށު އިޖުތިމާޢީ މަރުކަޒުގައެވެ. މިރަސްމިއްޔާތަށްފަހު އިނގުރައިދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބްލް ޢުމަރު ނަޞީރެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންގެ ދިދަ ނަންގަވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އެވެ.
ލަންދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ގޮތުން މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް ޢުމަރު ނަޞީރުއެވެ. އަދި މިރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު ސްޓޭޝަންގައި ދިދަ ނަންގަވައިދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް ޢުމަރު ނަޞީރުއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ.
މި ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ފުލުހުންގެ ބައެއް ސީނިއަރ އޮފިސަރުންނާއި އެރަށްރަށުގެ ކަމުވޮށިގެންވާ ފަރާތްތަކުން ބައިވެރިވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...