މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު މީހަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 28 އަހަރުގެ ފިރިހެނެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެން މި ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ 15:40 ހާއިރު ހަވީރީ ހިނގުމުންނެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓް ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރުމުން އޭނާ ލައިގެންހުރި ސޯޓި ޖީބުތެރެއިން ފެނުނު ސިނގިރޭޓް ފޮށްޓެއްގެ ތެރެއިންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤް ކުރަމުންނެވެ.
މަސްތުވާތަކެއްޗާއެކު މީހަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...