ރާއްޖޭގެ ޚަބަރު ގިނަދުވަސްތަކެއް ވަންދެން މަގުމަތީގައި ޕާކުކޮށްފައި ހުރި 7 އުޅަނދެއް ނަގައިފި

ގިނަދުވަސްތަކެއް ވަންދެން މަގުމަތީގައި ޕާކުކޮށްފައި ހުރި 7 އުޅަނދެއް ނަގައިފި

ގިނަދުވަސްތަކެއް ވަންދެން މަގުމަތީގައި ޕާކުކޮށްފައި ހުރި 7 އުޅަނދެއް ނަގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަގަށް ދަތިވާގޮތަށް ގިނަ ދުވަސްތަކެއް ވަންދެން މަގުމަތީގައި ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ 07 އުޅަނދެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނަގައިފިއެވެ.
2014 ފުލުހުން ބުނީ މި ހިނގާ ފެބްރުއަރީ 17 ވަނަދުވަހުގެ ހެނދުނު 09:30 ން 12:00 އަށް މާލޭ ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި މަގުމަތީގައި ބޭނުންނުކޮށް ގިނަދުވަސްތަކެއް ވަންދެއް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ 7 އުޅަނދު ނަގާފައި ވާ ކަމަށެވެ.
މި އުޅަނދުތައް ނެގުމަށްފަހު މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، މި އުޅަނދުތަކަކީ 2014 ޖެނުއަރީ 26 ވަނަދުވަހު ކޮށްފައިވާ އިޢުލަނަކާ ގުޅިގެން ނެގިފައިވާ އުޅަނދުތަކެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި އުޅަނދުތަކަކީ އޭގެ ވެރިފަރާތުން އެ އުޅަނދަކާ ބެހޭ ލިޔެކިޔުންތަކާއި އެކު ސިޓީ ކައުންސިލް އިދާރާ އަށް ވަޑައިގަތުމުން އޮންނަ އުޞޫލުތަކުގެ މަތިން ދޫކުރުވިގެންދާނެ އުޅަނދުތަކެއް ކަމަށް ވެސް ފުލުސްއޮފީހުން ބުނެފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.