ރާއްޖޭގެ ޚަބަރު 70 އަހަރުން ރިޓަޔާ ކުރާ ފަނޑިޔާރުންނަށް އިނާޔަތްދޭން ޖެހޭ މައްސަލަ އިސްތިއުނާފް ކުރަނީ

70 އަހަރުން ރިޓަޔާ ކުރާ ފަނޑިޔާރުންނަށް އިނާޔަތްދޭން ޖެހޭ މައްސަލަ އިސްތިއުނާފް ކުރަނީ

70 އަހަރުން ރިޓަޔާ ކުރާ ފަނޑިޔާރުންނަށް އިނާޔަތްދޭން ޖެހޭ މައްސަލަ އިސްތިއުނާފް ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުމުރުން 70 އަހަރުވުމުން ރިޓަޔަރކުރާ ފަނޑިޔާރުން ނަށްވެސް އިނާޔަތް ދޭންޖެހޭނެ ކަމަށް ކަނޑައަޅައި ޖޭއެސްސީގެ މައްޗަށް ހައިކޯޓުން ކޮށްފައިވާ ޙުކުމަކުމް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ މިގޮތަށް ނިންމެވީ ކޮމިޝަނުން މިގޮތަށް ނިންމީ އެ މައްސަލައިގެ މަޢުޟޫއާމެދު ސިވިލްކޯޓުން ވަކި ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއް ކަމުގައި ނުވާތީއާއި ޙައިކޯޓުގެ މި ޙުކުމަކީ އިޖްރާޢީ ގޮތުން ފައިސަލާކޮށް ނިންމޭނެ ނިންމުމެއް ކަމަށް ކޮމިޝަނަށް ޤަބޫލުނުކުރެވޭތީ ކަމަށެވެ.

ފަނޑިޔާރުންނަށް ރިޓަޔާމަންޓް އިނާޔަތް ދޭންޖެހޭނެ ކަމަށް ހައި ކޯޓުން ނިންމީ، އުމުރުން 70 އަހަރުވެގެން ރިޓަޔާކުރި ފަނޑިޔާރެއް ކަމަށްވާ ރ. ވާދޫ ނޫވިލާގޭ އަބްދުލްގާދިރު އިބްރާހިމް ރިޓަޔާމެންޓް އިނާޔަތް ހޯދުމަށް ޖޭއެސްސީގެ ގެ މައްޗަށް ކުރި ދައުވާ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން، ހައި ކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.