ރާއްޖޭގެ ޚަބަރު ބަނގުރާ އުފެއްދި މީހަކު -/1000ރ އިން ޖޫރިމަނާކޮށްފި

ބަނގުރާ އުފެއްދި މީހަކު -/1000ރ އިން ޖޫރިމަނާކޮށްފި

ބަނގުރާ އުފެއްދި މީހަކު -/1000ރ އިން ޖޫރިމަނާކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބަންގުރާ ކެއްކުމަށް ބޭނުންކުރާ އާލަތްތަކާއި ބަނގުރަލާއެކު ހައްޔަރުކޮށް އެތަކެތި އުފެއްދި ކަމުގެ ކުށް ސާބިތުވި މީހަކު -/1،000 (އެއް ހާސް) ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން 2014 ފެބްރުއަރީ 17 ވަނަ ދުވަހު ހުކުމް ކޮށްފައިވަނީ ޏ. ފުވައްމުލައް، ނީސްވިލާ، އިބްރާހީމް ޝަމްވީލްގެ މައްޗަށެވެ.
އިބްރާހީމް ޝަމްވީލްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ 2011 އޮކްޓޯބަރު 01 ވަނަ ދުވަހުގެ 1845 ހާއިރު ޏ. ފުވައްމުލައް، ހޯދަޑު، ނައީމީހައުސް ގޭގެ ގިފިލިތެރޭގައި ބަޔަކު ބަންގުރާ އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން އެގެއަށް ގޮސް، އެގޭ ގިފިލިތެރެއަށް ވަތްއިރު، އިބްރާހީމް ޝަމްވީލްއާއި މުޙައްމަދު ސަޢީދު އެ ގިފިލި ތެރޭގައި ހުއްޓާ ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ ދެމީހުންގެ ޙާޟިރުގައި އެ ގިފިލި ބަލައި ފާސްކުރިއިރު އެ ގިފިލި ތެރެއިން ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ އާލަތްތަކާއި ބަނގުރާ އަޅާފައިވާ 500 އެމް އެލްގެ ފުޅިއެއް ފެނުމާގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އެ ގިފިލި ތެރެއިން ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ އާލަތްތަކާއި ބަނގުރާ އަޅާފައި ހުރި 500 އެމް އެލް ގެ ފުޅިއެއް އެތަނުން ފެނުނުކަން ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ހެކިބަހުން ޝަރީޢަތަށް ސާބިތު ވާތީއާއި، އެފުޅީގައިހުރި ދިޔާ އެއްޗެހި ތަޙްލީލް ކުރިއިރު ބަނގުއާތްވަށް ޕޮޒިޓިވް ވެފައިވާތީ، ޤާނުނު ނަމްބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަމްބަރުގެ ދަށުން އިބްރާހީމް ޝަމްވީލް ދިވެހި ރާއްޖޭގައި ބަނގުރާ އުފެއްދުމުގެ ކުށުން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 13 ވަނަ މާއްދާގެ (ޅ)ގެ ދަށުން އިބްރާހީމް ޝަމްވީލް -/1،000 (އެއް ހާސް) ރުފިޔާއިން ޖޫރިމަނާކޮށް މި ފައިސާ 2014 ފެބްރުއަރީ 17 ވަނަ ދުވަހުންގެ ފެށިގެން 07 ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް އިބްރާހީމް ޝަމްވީލަށް އަންގައި ޙުކުމް ކުރާކަމަށެވެ.
މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2012 ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.
އިބްރާހީމް ޝަމްވީލަކީ ވައްކަމާއި ފުލުހުންނަށް އިންޒާރުދިނުމާއި އަލިފާން ޖެހުމުގެ ކުށުގެ ރެކޯރޑް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އޮންނަ މީހެއް ކަމަށް ފުލުހުންބުނެފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.