ރާއްޖޭގެ ޚަބަރު ދިވެހި ރެޑްކްރެސެންޓުން ނައިފަރު ފުލުހުންނާ ބައްދަލު ކޮށްފި

ދިވެހި ރެޑްކްރެސެންޓުން ނައިފަރު ފުލުހުންނާ ބައްދަލު ކޮށްފި

ދިވެހި ރެޑްކްރެސެންޓުން ނައިފަރު ފުލުހުންނާ ބައްދަލު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ރެޑްކްރެސެންޓް ޓީމެއް ޅ. އަތޮޅަށް ކުރަމުންދާ ދަތުރުގައި ޅ. ނަައިފަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކޮށްފިއެވެ. .
މި ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ހަވީރު ބޭއްވި މި ބައްދަލުވުމުގައި އެ ޖަމާއަތުގެ ހަރަކާތްތައް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި މުޖުތަމަޢުގެ ފައިދާއަށް ކުރެވިދާނެ ކަންތައްތަކާއި އެ ޖަމާއަތުން ހިންގަމުންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާ ބެހޭގޮތުން ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި މި ޕްރޮގްރާމްތަކާ ބެހޭގޮތުން މަޝްވަރާކޮށް އެ ޕްރޮގްރާމްތަކުގައި ފުލުހުން ބައިވެރިވުމާއި ބެހޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވިފައިވެއެވެ.
ދިވެހި ރެޑްކްރެސެންޓް ޓީމުން ނައިފަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކޮށްފައިވަނީ ދިވެހި ރެޑްކްރެސެންޓްފެ ޅ. ނައިފަރު ގޮފީގެ ހަރަކާތްތައް ވިލަރެސްކުރުމަށާއި މުޖުތަމަޢުގެ ބޭނުންތައް އިތުރަށް ދެނެގަނެ ސަރުކާރުގެ މުއައްސަސާތަކާ ގުޅުންބަދިކުރުމަށް އެ ޖަމާއަތުން ކުރަމުންދާ ދަތުރުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.