މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުން ގެންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު 11 ޕެކެޓާއެކު ރ.ހުޅުދުއްފާރުން މީހަކު ހައްޔަރު ކޮށްފިއެވެ.
އިއްޔެ ހަވީރު 05:30 ހާއިރު ރ.އުނގޫފާރުގައި މަސައްކަތްކުރާ ފުލުހުން ރ.ހުޅުދުއްފާރަށް ގޮސް ހިންގި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ.
ހުޅުދުއްފާރުގައި ފުލުހުން ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭގެ އާއި ގޯތިތެރެ ބަލާފާސްކޮށްފައި ވެއެވެ.
މަސްތުވާޗތަކެތިޗކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި މި ޕެކެޓްތައް ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޯތިތެރޭގައި ވަޅުލާފައި ހުއްޓައެވެ. މީގެ އިތުރުން މަސްތުވާ ތަކެތި ބަންދުކުރަން ބޭނުންކުރާ ހުސް ރަބަރު ޕެކެޓާއި ހަތިޔާތުގެ ގޮތުގައި ބޭނުން ކުރެވިދާނެ ފަދަ ބައެއް ތޫނު އެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
ރ.ހުޅުދުއްފާރުން އިއްޔެ ހައްޔަރުކުރި މީހާއަކީ މަސްތުވާ ތަކެއްޗާއި ވައްކަމުގެ ރެކޯޑު އޮންނަ ފަރާތެކެވެ.
މަސްތުވާތަކެތީގެ މި މައްސަލަ ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މަސްތުވާ ތަކެއްޗާއެކު ރ. ހުޅުދުއްފާރުން މީހަކު ހައްޔަރު ކޮށްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...