ރާއްޖޭގެ ޚަބަރު ޑރ. އިޔާޟުގެ ކެމްޕޭނަށް ހުރަސްއަޅާތީ އެ މައްސަލަ އިލެކްޝަނަށް ހުށަހަޅައިފި

ޑރ. އިޔާޟުގެ ކެމްޕޭނަށް ހުރަސްއަޅާތީ އެ މައްސަލަ އިލެކްޝަނަށް ހުށަހަޅައިފި

ޑރ. އިޔާޟުގެ ކެމްޕޭނަށް ހުރަސްއަޅާތީ އެ މައްސަލަ އިލެކްޝަނަށް ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ހުޅުހެންވޭރު ދާއިރާއަށް ވާދަކުރައްވާ ޑރ މުޙައްމަދު އިޔާޟް އަބްދުލް ލަތީފްގެ ކެމްޕޭނަށް ހުރަސް އަޅަމުންދާތީ އެމައްސަލަ އިލެކްޝަންސްއަށް ހުަށަހަޅައިފިއެވެ.

އިލެކްޝަންސް  ކޮމިޝަނަށް އަދާލަތުން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޑރ. އިޔާޟަށް ކެމްޕޭނު ކުރުމަށް ހަރުކޮށްފައިވާ ޕޯސްޓަރުތައް މަތީގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ދެ ކެންޑިޑޭޓެއްގެ ޕޯސްޓަރު ހިއްޕަމުންދާ ކަމަށާއި އަދި ދަމާފައިވާ ބެނާތައް ކަނޑަމުންދާ ކަމަށެވެ.

ކެމްޕޭނަށް ހުަރަސް އެޅުމުގެ މިޢަމަލުތަކަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ)ގެ ހަތް ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަނާ ކަމެއްކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

މިކަންކަން ހުއްޓުވާ ފިޔަވަޅު އަޅައި ދިނުމަށް އިލެކްޝަނަށް ފޮނުވި ސިޓީގައި އެދިފައިވެއެވެ.

" ޢަދާލަތު ޕާޓީގެ ކެންޑިޑޭޓުގެ ކެމްޕޭނަށް ހުރަސް އަޅައި ކެންޑިޑޭޓުގެ އިންތިހާބީ ހައްގުތަކަށް އަރައިގަނެ، ގެއްލުންތައް ދެމުންދާތީ އެކަން ހުއްޓުވައި، މައްސަލަ ބަލައި، ފިޔަވަޅު އަޅުއްވައިދެއްވުމަށް ދަންނަވަމެވެ،" އަދާލަތުން ފޮނުވި ސިޓީގައިވެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.