ރާއްޖޭގެ ޚަބަރު މަގުމަތީގައި ޕާކުކޮށްފައި ހުރި 82 އުޅަނދެއް ފުލުހުން ނަގައިފި

މަގުމަތީގައި ޕާކުކޮށްފައި ހުރި 82 އުޅަނދެއް ފުލުހުން ނަގައިފި

މަގުމަތީގައި ޕާކުކޮށްފައި ހުރި 82 އުޅަނދެއް ފުލުހުން ނަގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް މަގުމަތީގައި ޕާކުކޮށްފައި ހުރި 82 އުޅަނދެއް ފުލުހުން ނަގައިފިއެވެ.

2014 ފެބްރުއަރީ 15 ވަނަދުވަހުގެ ހެނދުނު 08:30 ން 17:00 އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހަތަރު ފުރޮޅުލީ 57 އުޅަނދެއް އަދި 25 ސައިކަލް ވަނީ ނަގާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މާލޭ ސިޓީ ކައުންސިލް އަދި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން ކުރިއަށް ގެންދިޔަ މި އޮަރޭޝަނުގައި ނެގުނު ހުރިހާ އުޅަނދެއްވެސް ވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި އުޅަނދުތަކަކީ 2014 ޖެނުއަރީ 26 ވަނަދުވަހު ކޮށްފައިވާ އިޢުލަނަކާ ގުޅިގެން ނެގި އުޅަނދުތަކެއްކަމަށާއި މި އުޅަނދުތައް އޭގެ ވެރިފަރާތުން އެ އުޅަނދަކާ ބެހޭ ލިޔެކިޔުންތަކާއި އެކު ސިޓީ ކައުންސިލް އިދާރާ އަށް ވަޑައިގަތުމުން އޮންނަ އުޞޫލުތަކުގެ މަތިން ދޫކުރުވިގެންދާނެ އުޅަނދުތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އުޅަނދުތައް ނެގުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ފުލުހުންނަށް ލިބިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.