ރާއްޖޭގެ ޚަބަރު އިންޑިޔާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިތުރު އެހީތައް ރާއްޖެ އަށް ލިބޭނެ

އިންޑިޔާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިތުރު އެހީތައް ރާއްޖެ އަށް ލިބޭނެ

އިންޑިޔާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިތުރު އެހީތައް ރާއްޖެ އަށް ލިބޭނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މި ފެށޭ ހަފްތާގައި އިންޑިޔާގެ ޚާރިޖީ ވަޒީރު ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިތުރު އެހީތައް ރާއްޖެ އަށް ލިބޭނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިޔާ އެމްބަސީން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަވާ އިންޑިޔާ ސަފީރު ރަޖީވް ޝަހާރޭ ވިދާޅުވީ، ސާކްގެ މިނިސްޓަރުންގެ ކައުންސިލް ބައްދަލު ވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިޔާގެ ޚާރިޖީ ވަޒީރު ސަލްމާން ޚޫރުޝީދު މި މަހުގެ އަށާރައިން ފަންސަވީހުގެ ނިޔަލަށް ރާއްޖެ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އަށް އިންޑިޔާއިން އިތުރު އެހީތަކެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.

އެގޮތުން ހުރުޝިދުގެ ދަތުރުފުޅުގައި ދިވެހި ރާއްޖޭގައި ފަތުރުވެރިކަމަށް މީހުން ބިނާ ކުރުމަށް އިންޑިޔާ ސަރުކާރުގެ އެހީގައި ޤާއިމް ކޮށްފައިވާ އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ފެކަލްޓީ ފޯ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ރަސްމީކޮށް ދިވެހި ސަރުކާރާއި ޙަވާލު ކުރެވިގެން ދާނެ ކަމަށްވެސް އިންޑިޔާ ސަފީރުގެ އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ދިވެހި ޤައުމީ ދިފާޢީ ބާރަށް އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލޭންޑިން ކްރާފްޓެއް ހަދިޔާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ލޭންޑިންގ ކްރާފްޓް މިއަދު ހެނދުނު މާލެ ގެނެވިފައި ވާކަމަށް އިންޑިޔާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ. އިންޑިޔާ ސަރުކާރުން ދިވެހި ސިފައިންނަށް ހަދިޔާ ކުރާ ލޭންޑިންގ ކްރާފްޓް ހިފައިގެން އިންޑިޔާގެ ހަނގުރާމަ މަތީ މަނަވަރު ބެތުވާ މިއަދު ހެނދުނު ވަނީ މާލެ އައިސްފައެވެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.