ރާއްޖޭގެ ޚަބަރު ސަރުކާރުން އެސްޓީއޯ އަށް ދަރާފައިވާ ދަރަނި ބިލިޔަނަކަށް ވުރެ މައްޗަށް އަރައިފި

ސަރުކާރުން އެސްޓީއޯ އަށް ދަރާފައިވާ ދަރަނި ބިލިޔަނަކަށް ވުރެ މައްޗަށް އަރައިފި

ސަރުކާރުން އެސްޓީއޯ އަށް ދަރާފައިވާ ދަރަނި ބިލިޔަނަކަށް ވުރެ މައްޗަށް އަރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން އެސްޓީއޯ އަށް ދަރާފައިވާ ދަރަނި އެއް ބިލިޔަން ރުފިޔާ އަށް ވުރެ މައްޗަށް އަރާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

ރޭ ދިޓީވީގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނެޖިންގ ޑައިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ، ސަރުކާރުން އެސްޓީއޯއަށް ދައްކަން ޖެހޭ ދަރަނީގެ ނިސްބަތް އެއް ބިލިޔަން ރުފިޔާ އަށް ވުރެވެސް އިތުރު ކަމަށާއި، އެ ފައިސާ ހޯދުމަށް އެސްޓީއޯ އިން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އާޒިމް ވިދާޅުވީ އާ ސަރުކާރާއި އެސްޓީއޯގެ ގުޅުން ވަރަށް ބޮޑުތަން ރަނގަޅު ވެފައިވާ ކަމަށާއި، އޭގެ ސަބަބުން އެސްޓީއޯއަށް ސަރުކާރުން ލިބެންޖެހޭ ފައިސާ ހޯދުމުގައި ވެސް ވަރަށް ބޮޑެތި ފަސޭހަ ތަކެއް ލިބެމުން ދާކަމަށެވެ.

އެހެން ކަމުން މި ފައިސާ އެސްޓީއޯއަށް ލިބެމުން ދިޔަ ވަރަކުން އޭގެ މަންފާ އެސްޓީއޯގެ ޙިއްޞާ ދާރުންނަށާއި، އެސްޓީއޯގެ ޚިދުމަތް ހޯދާ ހުރިހާ ރައްޔިތުންނަށް ވެސް ލިބިގެން ދާނެ ކަމަށް އާޒިމް ވިދާޅުވި. އާޒިމް ވިދާޅުވީ މިފައިސާ ދެއްކުމުގައި ސަރުކާރަށް ވެސް ދަތި ތަކާއި ކުރިމަތި ވެފައިވާ ކަމަށާއި، އެގޮތުން އާ ސަރުކާރަށް ވާރުތަ ވެފައި ވަނީ ހަލާކުވެ ފުނޑުފުނޑު ވެފައިވާ އިޤްތިޞޯދެއް ކަމަށެވެ.

އެހެން ނަމަވެސް މި ކަންކަން އިސްލާޙުކޮށް އެސްޓީއޯ އަށް ލިބެން ޖެހޭ ފައިސާ މިހާރު ލިބެމުން އަންނަ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.