ރާއްޖޭގެ ޚަބަރު ބޯން މެރޯ ހެދުމުގައި ދުނިޔޭގެ އެންމެ ތަޖުރިބާކާރު ޑޮކްޓަރު ރާއްޖެ ވަޑައިގަންނަވަނީ

ބޯން މެރޯ ހެދުމުގައި ދުނިޔޭގެ އެންމެ ތަޖުރިބާކާރު ޑޮކްޓަރު ރާއްޖެ ވަޑައިގަންނަވަނީ

ބޯން މެރޯ ހެދުމުގައި ދުނިޔޭގެ އެންމެ ތަޖުރިބާކާރު ޑޮކްޓަރު ރާއްޖެ ވަޑައިގަންނަވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތެލަސީމިއާ ބޯން މެރޯ ހެދުމުގައި ދުނިޔޭގެ އެންމެ ތަޖުރިބާކާރު ޑޮކްޓަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޑޮކްޓަރާއި ޙަވާލާދީ ޑޮކްޓަރުގެ ޚިދުމަތް ހޯދި ދިވެހި ޢާއިލާ އަކުން ހާމަ ކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ރާއްޖޭގައި އެންމެ ފުރަތަމަ ބޯންމެރޯ ހެދުމަށް އިޓަލީއަށް ދިޔަ އަހުމަދު އާސިދުގެ އާއިލާއިން ބުނެފައި ވަނީ ބޯން މެރޯ ހެދުމުގައި ދުނިޔޭގެ އެންމެ ތަޖުރިބާކާރު ޑރ ޕައުލޯ ރާއްޖެއަށް ޒިޔާރާތް ކުރައްވަނީ ޗުއްޓީ އަކަށް ކަމަށާއި ޑރ ޕައުލޯއާއެކު އިތުރު ހަތަރު ޑޮކުޓަރަކު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މިދަތުރުގައި ރާއްޖޭގައި ތިބި ތެލަސީމިއާ ކުދިންނާއި އަދި ބޯންމެރޯ ހެދުމަށް ބޭނުންވެފައިވާ ކުދިންނާއި ޑރ ޕައުލޯ ބައްދަލު ކުރާނެ ކަމަށް ވެސް އެ އާއިލާއިން ބުނެފައި ވެއެވެ.

އެ އާއިލާގެ ފަރާތުން ބުނީ މިހާރުވެސް ރާއްޖޭގައި ބޯން މެރޯ ހެދުމަށް ބޭނުންވެފައިވާ އެހެންނަމަވެސް އެކި މައްސަލަތަކާ ހުރެ އެކަން ނުކުރެވިފައިވާ ގިނަ ކުދިންތަކެއް އެބަތިބި ކަމަށާއި ޕައުލޯގެ މިދަތުރުގައި އެފަދަ ކުދިންނަށް އެހީވެދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ޕައުލޯ ޗުއްޓީ ނިންމާލުމަށްފަހު އެނބުރި އިޓަލީއަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

އާސިދުގެ އާއިލާއިން ބުނީ މާދަމާ ހެދުނު 9:00 ޖަހާ އެހާއިރު ޕައުލޯ ރާއްޖެ އަންނާނެ ކަމަށާއި ވިހާވެސް ގިނަ ބަޔަކު ޑރ ޕައުލޯއަށް މަރުހަބާ ކިއުމަށް ދިއުމަށް އެދޭ ކަމަށެވެ. ދުނިޔޭގެ މަޝްހޫރު ޑޮކްޓަރެއް ކަމުގައިވާ ޕައުލޯ ރާއްޖެއަށް ޒިޔާރާތްކުރާ މިއީ ފުރަތަމަ ފަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.