ރާއްޖޭގެ ޚަބަރު ވަގަށް ނަގާފައިވާ 6 ފޯނާއެކު މީހަކު ހައްޔަރު ކޮށްފި

ވަގަށް ނަގާފައިވާ 6 ފޯނާއެކު މީހަކު ހައްޔަރު ކޮށްފި

ވަގަށް ނަގާފައިވާ 6 ފޯނާއެކު މީހަކު ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދޯންޏަކުން ވަގަށް ނަގާފައިވާ 6 ފޯނާއެކު ވަޅޯމަސް މާރުކޭޓް ސަރަހައްދުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާފަން ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ވަޅޯމަސް މާރުކޭޓް ސަރަހައްދު ޕެޓްރޯލް ކުރަމުންދަނިކޮށް އޭނާގެ ޢަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހު އިތުރަށް ބަލައި ފާސްކުރުމަށް މާފަންނު ޕޮލިސް ސްޓޭޝަނަަށް ގެނައި މަގުމަތީ އަތުގައި އޮތް ކޮތަޅެއް އެއްލައިލުމުން އެ ކޮތަޅު ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ނޮކިއާ ބްރޭންޑްގެ 6 ފޯން ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

އިތުރަށް އޭނާއާ ސުވާލުކޮށް ބެލި ބެލުމުން އެއީ ވަޅޯމަސް މާރުކޭޓް ސަރަހައްދު ބަނދަރުގައި އަޅާފައިވާ ދޯނިފަހަރުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގުމުން، އޭނާއާއެކު މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެ ސަރަހައްދަށް ގޮސް އެ ދޯނި ފަހަރު ހޯދައި އެ ފޯންތަކުގެ ވެރިންނާ ފޯންތައް ވަނީ ޙަވާލުކޮށްފައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.