ރާއްޖޭގެ ޚަބަރު މަޖިލިސް އިންތިހާބުގެ ވޯޓުލާން ރަޖިސްޓްރީކުރުން މި މަހު 18 ގައި

މަޖިލިސް އިންތިހާބުގެ ވޯޓުލާން ރަޖިސްޓްރީކުރުން މި މަހު 18 ގައި

މަޖިލިސް އިންތިހާބުގެ ވޯޓުލާން ރަޖިސްޓްރީކުރުން މި މަހު 18 ގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2014 ވަނަ އަހަރުގެ ރައްޔިތުން މަޖްލިސް އިންތިހާބުގައި ރަށްވެހި ވެފައިވާ ރަށްނޫން އެހެންތަނެއްގައި ވޯޓުލާން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިމަހުގެ 18 ވަނަ ދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެކޮމިޝަނުން ހާމަކުރާ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 28 ގެ ނިޔަލަށް ކަމަށާއި މިފަހަރު އެންމެން ވެސް އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.

އިތުރަށް އެކޮމިޝަނުން ހާމަކުރާ ގޮތުގައި ކުރިން ދިޔަ ދެ އިންތިހާބުގައި ރިރެޖިސްޓްރީކޮށްފައިވާ މީހުން ވެސް މި ފަހަރު އަލުން ރިރެޖިސްޓްރީކުރަން ޖެހޭނެކަމަށެވެ.

ރައްޔިތުންގެ މަޖްލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 22 ވަނަ ދުވަހުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.