އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހެޅުއްވީ 316 ބޭފުޅަކު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ފޯމް ހުށަހެޅުއްވުމުގެ ސުންގަޑި މިއަދު 4 ޖެހިއިރު ހަމަވިއިރު ސިޔާސީ ޕާޓީތަކުން 183 ކެންޑިޑޭޓެއްގެ ފޯމް ހުށަހަޅާފައިވާ ކަމަށާއި އަދި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް 133 ކެންޑިޑޭޓަކު ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އަދި ފަސް ބޭފުޅަކު ފަސް ފޯމް ހިފައިގެން އިލެކްޝަންސް ކޮމިޝަނަށް ވަގުތު ހަމަވި ފަހުން ވަޑައިގެންނެވި ނަމަވެސް ވަގުތު ހަމަވުމާއި ގުޅިގެން އެބޭފުޅުންގެ ކެންޑިޑޭސީ ފައިލްނުކުރާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 85 ބޭފުޅަކު ފޯމް ހުށަހަޅުއްވާފައިވާ ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ ޕީޕީއެމުން 50 ފޯމް ހުށަހަޅުއްވާފައިވެ އެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން 28 ފޯމް ހުށަހަޅުއްވާފައިވާއިރު އަދާލަތު ޕާޓީގެ ފަރާތުން 13 ފޯމެއް ވަނީ ހުށަހަޅުއްވާފައެވެ. އެމްޑީއޭގެ ފަރާތުން 7 ފޯމެއް ހުށަހަޅުއްވާފައިވާއިރު ޑީއާރުޕީގެ ފަރާތުން 6 ފޯމް ހުށަހަޅުއްވާފައިވެ އެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ތަރްތީބު ކުރުން އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ޢާއްމު އިންތިޚާބުގައި ބައިވެރިވުމަށް އެދުނީ 316 ބޭފުޅުން: އިލެކްޝަންސް
ކޮމެންޓް (0)
ލޯޑް ކުރަމުން...