ރާއްޖޭގެ ޚަބަރު ޒުވާނުން ލާދީނީ ކަންކަމާއި ދުރަށް ގެންދެވޭ ގޮތަށް އިސްލާމިކް މިނިސްޓްރީގެ ފަސްއަހަރުގެ ޕްލޭން އެކުލަވާލައި ޢާއްމު ކޮށްފި.

ޒުވާނުން ލާދީނީ ކަންކަމާއި ދުރަށް ގެންދެވޭ ގޮތަށް އިސްލާމިކް މިނިސްޓްރީގެ ފަސްއަހަރުގެ ޕްލޭން އެކުލަވާލައި ޢާއްމު ކޮށްފި.

ޒުވާނުން ލާދީނީ ކަންކަމާއި ދުރަށް ގެންދެވޭ ގޮތަށް އިސްލާމިކް މިނިސްޓްރީގެ ފަސްއަހަރުގެ ޕްލޭން އެކުލަވާލައި ޢާއްމު ކޮށްފި.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޒުވާނުން ލާދީނީ ކަންކަމާއި ދުރަށް ގެންދެވޭ ގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާ މިއަދު އާންމު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން ޢާއްމު ކުރެއްވުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ޕްލޭން އެކަށައަޅާފައި ވަނީ މައިގަނޑު 16 ކަމެއްގެ މައްޗަށް ބިނާކޮށް 11 ލަނޑުދަނޑިއެއް ޙާޞިލު ކުރުމަް ކަމަށާއި، އޭގެ ތެރޭގައި ޒުވާނުން ލާދީނީ ކަންކަމާއި ދުރަށް ގެންދިޔުން ހިމެނޭ ކަމަށެވެ.
އެގޮތުން މި ޕްލޭންގައި ހިމެނެނީ ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަނުދިނުމާއި، ރާއްޖޭގައި އިސްލާމީ އަގީދާއާއި ވަހުދަތު ވަރުގަދަކޮށް ދީނީ އެއްބައިވަތަންތަކަން ސާބިތުކަމާއެކު ދެމެހެއްޓުމާއި، ދިވެހި މުޖުތަމައުގައި އިސްލާމީ ޝިއާރުތައް ގާއިމްކޮށް ހަރުދަނާކުރުމާއި، ދިވެހިރާއްޖޭގައި ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމެވެ.
މީގެ އިތުރުން ގައުމީ ހައްޖު ކޯޕަރޭޝަން ތަރައްގީކޮށް ހައްޖާއި އުމުރާގެ ކަންތައްތައް ފަސޭހަކުރުމާއި، ގާނޫނާ ގަވައިދުތައް އިސްލާމީ އުސޫލުތަކަށް ފެއްތުމާއި، ދީނީ ކަންކަމުގައި ދައުލަތުގެ މުއައްސަސާ ތަކަށް ލަފާދިނުމަށާއި ފަތުވާ ދިނުމަށް އިސްލާމީ ފިގުހް އެކަޑަމީ ތަރައްގީކޮށް ހަރުދަނާ ކުރުމާއި، އިސްލާމީ ތައުލީމް ހަރުދަނާ ކުރުމާއި ކީރިތި ގުރުއާނުގެ އިލްމް އުނގަންނައި ދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރުމާއި، ރާއްޖޭގައި މިސްކިތް ތަކާއި އިސްލާމީ މަރުކަޒުތައް ގާއިމްކޮށް މިސްކިތްތަކުގެ ދައުރު ފުޅާކުރުމުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުން ހިމެނެ އެވެ.

މިއަދު ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ މިލަނޑުދަނޑިތައް ހާސިލްކުރުމަށް ޓަކާ އެ މިނިސްޓްރީން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށާއި މި ސިޔާސަތު ތަކުން ރާއްޖެއަކީ އެކުވެރި އެއްބައެއްގެ ގޮތުގައި ތިބި އަދި ހާއްސަކޮށް ޒުވާނުންނަށް ފާގަތި ދުވަސްތަކެއް ފެނިގެންދާނެ ކަމަށެވެ.

މިސިޔާސަތުގެ ދަށުން ލާދީނީ ކަންތައްތަކާއި ދުރަށް ގޮސް އިސްލާމްދީނުގެ ރިވެތި އަޚްލާގުގެ މަތީގައި ތިބި ރަގަޅު ޒުވާނުން މުޖުތަމައުން ފެނިގެންދާނެ ކަމަށާއި އަދި މެދުމިނުގަ ހަރުކަށި ޚިޔާލުތައް ގެންގުޅޭ ބަޔަކު ނޫޅޭ ރަގަޅު މުޖުތަމައަކަށް މިހާރުގެ މުޖުތަމައު ބަދަލުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.