ރާއްޖޭގެ ޚަބަރު މާޗް ފެށިގެން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން 5000 ރ އަށް ބޮޑުކުރަން ނިންމައިފި

މާޗް ފެށިގެން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން 5000 ރ އަށް ބޮޑުކުރަން ނިންމައިފި

މާޗް ފެށިގެން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން 5000 ރ އަށް ބޮޑުކުރަން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި މިހާރު ދެމުންގެންދާ އަދަދު ބޮޑުކޮށް އަންނަ މާޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 65 އަހަރުން މަތީގެ މީހުންނަށް އެލަވަންސްގެ ގޮތުގައި މަހަކު ފަސްހާސް ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކޮށް ސަރުކާރުގެ އިކޮނޮމިކް ކައުންސިލްގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާ އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވީ ދައުލަތުން ރައްޔިތުންނަށް ދޭ އަސާސީ ޕެންޝަނުގެ ގޮތުގައި ދެމުންގެންދާ އެލަވަންސް ބޮޑުކޮށް އެ އެލަވަންސް ސަރުކާރުން ދެމުން ގެންދާނީ ދައުލަތުގެ ބަޖެޓުގެ ތެރެއިން ނޫން ކަމަށެވެ.
އަދީބު ވިދާޅުވީ އެކަން ކުރެވިދާނެ ދެ ގޮތެއް އޮތް ކަމަށާއި، އެހެން ނަމަވެސް މި މައްސަލާގައި ގޮތެއް ނިންމާނީ އެކޮނޮމިކް ކައުންސިލްގައި އިތުރަށް މަޝްވަރާ ކުރުމަށް ފަހު އެ ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި މިހާރު ދެމުންގެންދަނީ ދެހާސް ތިންސަތޭކަ ރުފިޔާ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.